އައިޝްވާރިއާގެ ދަރިފުޅުގެ އުފަން ދުވަސް ފާހަގަކުރީ ރާއްޖޭގައި

ބޮލީވުޑްގެ މަޝްހޫރު ބަތަލާ އައިޝްވާރިއާރާއީ އާއި އަބީޝޭކް ބައްޗަންގެ ދަރިފުޅު އާރަދިއާ ބައްޗަންގެ 10 ވަނަ އުފަން ދުވަސް ރާއްޖޭގައި ފާހަގަކޮށްފި އެވެ.

އައިޝްވާރިޔާއާއި އަބީޝެކް އެމީހުންގެ ދަރިފުޅު އަރަދިޔާއާއި އެކު އަމިއްލަ މޯލްޑިވްސް ރިސޯޓްގައި ޗުއްޓީ ހޭދަކުރަން އައިސްފައިވަނީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިންނެވެ. އެ ރިސޯޓުގައި މި މީހުން ނަގައިފައިވާ ރާއްޖޭގެ ހިތްގައިމު ފޮޓޯތައް މީސްމީޑިއާގައި ވަނީ ހިއްސާކޮށްފައެވެ.

ދަރިފުޅުގެ އުފަން ދުވަސް އައިޝްވާރިއާގެ ދެމަފިރިން މި ފަހަރު ރާއްޖޭގައި ފާހަގަކުރިއިރު، އުފަންދުވަސް ފާހަގަކުރި ފޮޓޯތައް އައިޝްވާރިޔާ ވަނީ އޭނަގެ އިންސްޓަގްރަމްގައި ހިއްސާކޮށްފަ އެވެ. އުފަންދުވަހަށް އާރަދިޔާ ނަލަކޮށްފައި އިނީ ޕްރިންސަސް އެއް ހެންނެވެ. އަދި އުފަންދުވަހަށް ފަޅައިފައިވަނީ ބޮޑު ޗޮކްލެޓް ކޭކެކެވެ.

ދަރިފުޅުގެ އުފަންދުވަހުގެ ފޮޓޯތައް އިންސްޓަގްރަމްގައި ހިއްސާކޮށް، އައިޝްވާރިޔާ ވަނީ ދަރިފުޅަށް އޭނަގެ ހިތުގައި އޮތް ލޯބި ބަންޑުން ކޮށްލައިފައެވެ. އެގޮތުން ދިރިހުރުމަށް ނޭވާލަނީ ދަރިފުޅަށް ޓަކައި ކަމަށް ފޮޓޯގެ ކެޕްޝަންގައި އައިޝްވާރިޔާ ލިޔެފައިވެއެވެ.

މީގެ ކުރިންވެސް ބައްޗަންގެ އާއިލާގެ އެކި މެންބަރުން ވަނީ ރާއްޖެ އައިސްފައެވެ. ރާއްޖެއަކީ ބޮލީވުޑްގެ ތަރިންގެ މެދުގައި ވަރަށް މަޤުބޫލު މަންޒިލެކެވެ. އެގޮތުން ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިއަހަރު މިހާތަނަށް ބޮލީވުޑްގެ އެކި ފަންނާނުން ވަނީ ރާއްޖެ އައިސް، މިތަނުގެ ހިތްގައިމު ކަމުގެ ވާހަކަ ދައްކައިފަ އެވެ.

މިލިޔުން ކިޔާލުމުން
141
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ