ޓިކް ޓޮކް އިން ވިދާލުމަށްފަހު، ފިލްމީ ދާއިރާގައި ފިޔަ ޖަހަމުން އަންނަ އެކްޓްރެސް މަރިޔަމް ޝިފާ، މިވަގު ހުރީ ސިންގަލްކޮށް ކަމަށް އޭނާ ހާމަކޮށްފިއެވެ.
ދިވެހި ޗެނަލްގެ ލޯބިލޯބިން ޕްރޮގްރާމްގައި ޝިފާ އާއެކު ގެނެސްދިން އެޕިސޯޑުގައި ވާހަކަ ދައްކަމުން ޝިފާ ވަނީ އޭނަގެ އަމިއްލަ ދިރިއުޅުމުގެ އެތައް ވާހަކަތަކެއް ކިޔައިދީފަ އެވެ. ޕްރިގްރާމް ފަށަމުން ޝިފާ މިހާރު ސިންގަލޯ ކުރި ސުވާލަށް ޖަވާބުދެމުން، ކުޑަވަގުތުކޮޅަކު ވިސަންނަން ހުރުމަށް ފަހު ޝިފާ ބުނީ، އަދި ކުއްޖަކާ ރައްޓެހިނުވާކަމަށާއި، އެހެންކަމުން މިވަގުތު ހުރީ ހުސްކޮށް ކަމަށެވެ.
މީގެ އިތުރުން ޝިފާ ވަނީ އޭނާ ކުރިއަށް އޮތްތާގައި ހަޔާތުގެ ބައިވެރިޔަކު އިހުތިޔާރު ކުރާއިރު، އެ މީހެއްގެ ގައިގައި ހުންނަން ޖެހޭނެ ސިފަތައްވެސް ކިޔައިދީފައެވެ.
އެގޮތުން ޝިފާ ބުނީ، އޭނަގެ ހަޔާތުގެ ބައިވެރިޔަކީ، ޝިފާއަށްވެސް އަދި އެހެންމީހުންނަށް ވަރަށް ހިތް ހެޔޮ މީހަކަށް ވާންޖެހޭނެ ކަމަށެވެ. އޭގެ އިތުރުން ތެދުވެރި، ޝިފާއަށް އިހުތިރާމު ކުރަން އެނގޭ، އަދި އެހާ ފޮނި މީހަކަށް ވެގެން ނުވާނެ ކަމަށެވެ.
ޝިފާ ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފައެވެ. ނަމަވެސް 2019 ވަނަ އަހަރުގެ ޝިފާގެ ފިރިމީހާ ކުއްލި ގޮތަކަށް މި ދުނިޔައާ ވަކިވިއިރު، އެ ކައިވެންޏަށް ވަނީ ދަރިއަކުވެސް ލިބިފައެވެ. ނަމަވެސް ދަރިފުޅު ބަލަނީ ފިރިމީހާގެ އާއިލާއިންނެވެ.
މި ކައިވެނީގެ ވާހަކަތައް ކިޔައިދެމުން ޝިފާ ބުނީ، ، އޭނާ އަސްލު ހަގީގީ ލޯބިވީ ފިރިމީހާ ދެކެ ކަމަށެވެ.
"އެއީ ކަންތައްތަކެއް ދުކޮށްލާފައި މީހަކަށްޓަކައި މީހާ ހުސްވެގެން، އެންމެ މީހަކަށްޓަކައި މުޅި އުމުރު ހޭދަކޮށްލާނަމޭ ހިތުލައިގެން ހުރީ އެންމެ ފަހަރަކު". ޝިފާ ބުންޏެވެ.
ޝިފާ ބުނީ، ދެމީހުން ކައިވެނިކޮށްގެން އުޅުނުއިރު، އުޅުނީ ވަރަށް ލޯބިން ކަމަށެވެ. އެގޮތުން ފިރިމީހާ ޝިފާ ގެންގުޅުނީ ވަރަށް ބޮޑަށް އޭނައަށް އަޅާލާ، ވަރަށް ލޯބި ދީގެން ކަމަށް ޝިފާ ބުންޏެވެ.



