ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) ގެ ދަރިކަނބަލުން، ލައިބާ އަހުމަދު މަހްލޫފް (އެލީ)ގެ ގެ އަޑުން ކިޔައިފައިވ،ާ "ޗީޕް ތްރިލްސްގެ" ގެ ކަވާ ވާޝަން ރިލީޒްކޮށްފިއެވެ.
ކުރިއަރަމުން އަންނަ އެލީ މިފަހަރު ގެނެސްދިން މި ލަވައަކީ، ބޭރުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސިއާ، ކިޔައިފައިވާ ހިޓް ލަވަ، "ޗީޕް ތްރިލްސްގެ" ކަވާ ވާޝަން އެކެވެ. މިއީ އެލީ ގެ އަޑުން އިވިގެންދިޔަ ދެވަނަ އިނގިރޭސި ކަވާ ވާޝަންއެވެ.
އެލީގެ ހިތްގައިމު އަޑުން އިވިގެންދާނެ "ޗީޕް ތްރިލްސް" ގެ ކަވާ ވާޝަންގައި، އެލީ އާއެކު، އޭނަގެ އޮންލައިން ވޯކަލް ކޯޗުވެސް ފެނިގެންދިޔަ އެވެ.
އެލީ ބުނިގޮތުގައި، މި ލަވައިގައި އެލީގެ ކޯޗު ބައިވެރިވެފައި ވަނީ ވީ އޭނާ ރާއްޖެ ކުރި ދަތުރެއްގައެވެ. އެކަމަށް އެލީ ވަނީ ކޯޗަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. މި ލަވައިގެ މިއުޒިކް އާއި ރެކޯޑިންވެސް ހަދައިދީފައި ވަނީ، އެލީގެ ފުރަތަމަ އިނގިރޭސި ލަވައިގެ ކަވާ ވާޝަންގެ މުއިޒިކްވެސް ހަދައިދިން، ރާއްޖޭގެ މަޝްހޫރު މިއުޒީޝަން ބާޗީ އެވެ.
އެލީގެ ލަވަކިޔުމުގެ ހުނަރާއެކު ގިނަ ދިވެހިންގެ ހިތްތަކާއި އޭނާ ވަނީ ކުޅެލައިފައެވެ. ދިވެހި ލަވަތަކުގެ އިތުރުން، އޭނާ ވަނީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިކާ ޖާވިޑް އަލީ އާއެކުވެސް ލަވައެއް ކިޔާ އެ ލަވައިގެ ވީޑިއޯ އެއްވެސް ނެރެފައެވެ.
ލަވަ ކިޔުމަށް ހުންނަ ޝައުގުވެރިކަމާއެކު އެލީގެ ހުނަރުވެރިކަން ދައްކަމުން އަންނައިރު، އެލީ ފުރަތަމަ ގެނެސްދިން އިނގިރޭސި ލަވައެއްގެ ކަވާ ވާޝަން އަކީ، ޓޯންސް އެންޑް އައިގެ މަޝްހޫރު އިނގިރޭސި ލަވަ "ޑާންސް މަންކީ" ގެ ކަވާ ވާޝަން އެވެ. އެ ލަވަ ރިލީޒްކުރީ މިދިޔަ އޯގަސްޓް މަހުގެ ފަހުކޮޅުއެވެ. ރީތި ވީޑިއޯ އަކާއެކު ނެރެނު މި ލަވަ ގިނަ ބަޔަކަށް ކަމުގޮސް، ބޮޑު ތަރުހީބެއް ލިބުނެވެ.





ހިޔާލު
ހުނަރު އެއީ ކޯންޗެށް ކަން މިމީހުންނަށް އެނގޭބާ….. ޅޮޅް