އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ވޭޕް ވިއްކުން މަނާކުރަނީ

އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ވޭޕް ވިއްކުން މަނާކުރަން އައިލެންޑުން ނިންމައިފިއެވެ.

އަންނަ ހުކުރު ދުވަހުން ފެށިގެން އަމަލުކުރަންފަށް މި އަމުރުގައި ބުނަނީ ނިކޮޓިން ހިމެނޭ، އެއްވެސް ބާވަތެއްގެ ބޯއެއްޗެއް ވިއްކުން މަނާވާނެކަމަށެވެ. މީގެތެރޭގައި ވޭޕާއި އީސިގިރެޓް ހިމެނެއެވެ.

މި އަމުރާ ހިލާފަށް އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް މިފަދަ އެއްޗެއް ވިއްކައިފިނަމަ އަދަބެއްގެ ގޮތުން 4،000 ޔޫރޯއިން ޖޫރިމަނާކުރުން ނުވަތަ ހަމަހުގެ މުއްދަތެއްގެ ޖަލު ހުކުމެއް ކުރެވެއެވެ. އައިލެންޑުގެ ސިއްހަތާބެހޭ ވަޒީރު ސްޓެފަން ޑޮނެލީ ވިދާޅުވީ މި އަމުރާއިމެދު ނުހަނު ހިތްހަމަޖެހިވަޑައިގެން ހުންނެވި ކަމަށެވެ.

އައިލެންޑުން މިފަދަ ނިންމުމެއް ނިންމައިފައި މިވަނީ އިނގިރޭސިވިލާތުން މިފަދަ ނިންމުމެއް ނިންމައި އަމަލުކުރަން ފަށައިފައި ވަނިކޮށެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ