އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު

މިފްކޯއިން އަގަށް ބަދަލެއް ނުގެނެސް ހުރިހާ މަހެއް މިދަނީ ގަންނަން - އަމްރު

އަގަށް އެއްވެސް ބަދަލެއް ނުގެނެސް މަސްވެރިން ބާނާ މަސް މިފްކޯއަށް ގަންނަމުންދާކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިހެން ވިދާޅުވެފައި މިވަނީ، ހޮރައިޒަން ފިޝަރީޒް އިން ހިންގަމުން އަންނަ މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އަށް މަސް ގަތުން ކޮންޓްރޯލް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އަމްރު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ބޮޑުތަނުން މިހާރު ދަށްވެފައިވީ ނަމަވެސް މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަ އަގަށް ބަދަލެއް ނުގެނެސް، ބާނާ ހުރިހާ މަހެއް ގަންނަމުންދާ ކަމަށެވެ.

އެސްޓީއޯގެ ދަށުން ހިންގާ ކުންފުނި، މިފްކޯ އިން މަސް ގަންނަ އަގަށް ބަދަލެއް ނުގެންނަކަމަށާއި، މަސް ގަންނަ މިންވަރު ކޮންޓްރޯލްކޮށްފައި ނުވާނެކަމަށް ބުނިއިރު، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާތީ މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އަށް މަސް ގަންނަ މިންވަރު ދޯންޏަކަށް 1 ޓަނަށް ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ