އިސްރާއިލްގެ ހެލްތް މިނިސްޓަރ ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެ

އިސްރާއިލްގެ ހެލްތް މިނިސްޓަރ ޔާކޮވް ލިޓްޒްމަން އަދި ޢޭނާގެ އަންހެނުން ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެއެވެ.

ޔާކޮވް ލިޓްޒްމަން އާއި އޭނާގެ އަންހެނުން މިހާރު ވަނީ އައިސޮލޭޝަން ގައެވެ. އަދި އިސްރާއީލް ގެ ޕްރައިމް މިނިސްޓަ ބެންޖަމިން ނެތަންޔާހޫ އާއި ސަރުކާރުގެ އެހެން މަތީ އޮފިޝަލުންނާއި ޔާކޮވް ލިޓްޒްމަން ވަރަށް ފަހުގެ ދުވަހެއްގައި ބައްދަލު ކުރައްވާފައި ވާތީ އެ މީހުންވެސް އައިސޮލޭޝަން އަށް ދިއުމަށް ހެލްތު މިނިސްޓްރީ އިން ވަނީ އަންގާފައެވެ.

ޕްރައިމް މިނިސްޓަ ބެންޖަމިން ނެތަންޔާހޫ ވަނީ މީގެ ކުރިންވެސް އެކަހެރިކޮށް ކޮވިޑް-19 އަށް ޓެސްޓް ކުރެވިފައެވެ. އަދި އެފަހަރު ހެދި ޓެސްޓް ގެ ނަތީޖާ ވަނީ ކޮވިޑް-19 އަށް ނެގެޓިވް ވެފައެވެ.

ހެލްތް މިނިސްޓަރ ޔާކޮވް ލިޓްޒްމަން އާއި އޭނާގެ އަންހެނުންގެ ހާލު އަދި ރަނގަޅު ކަމަށް ރިޕޯޓްތަށް ބުނެއެވެ. މިހާރު ޑަބްލިއުއެޗްއޯ އަދި ހެލްތު މިނިސްޓްރީ ގެ ގަވާއިދު ގެ ދަށުން މި ދެބޭފުޅުންނަށް ދަނީ ފަރުވާ ދެމުންނެވެ.

އިސްރާއީލް ގައި މިހާތަނަށް 6000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮސިޓިވް ވެފައިވާއިރު އޭގެތެރެއިން 26 މީހަކު ވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ