ރަންބީރް ކަޕޫރްގެ ބައްޕަ މަރުވެއްޖެ

ގިނަދުވަސްތަކެއް ވަންދެން ކެންސަރު ބައްޔަށް ފަރުވާ ހޯދަުމަށްފަހު ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ރަންބީރް ކަޕޫރްގެ ބައްޕަ އަދި ކުޅަދާނަ އެކްޓަރު ރިޝީ ކަޕޫރު މަރުވެއްޖެއެވެ.

އިއްޔެ ނޭވާލާން އުނދަގޫވެގެން ރިޝީ މުމްބާއީގައި ހުންނަ ސާ އެޗްއެން ރިލާޔަންސް ފައުންޑޭޝަން ހޮސްޕިޓަލުގައި އެޑްމިޓްކުރިއިރު މިއަދު އޭނާ މަރުވެފައިވާކަން އޭނާގެ އާއިލާއިންވަނީ ކަށަވަރުކޮށްދީފައެވެ.

މީގެ ކުރިން ރިޝީވަނީ ކެންސަރުގެ ބައްޔަށް އަހަރެއްހާ ދުވަސް އެމެރިކާގެ ނިއުޔޯކްގައި ފަރުވާހޯދާފައެވެ.

ރިޝީ ކަޕޫރް މަރުވެފައިވަނީ އޭނާގެ އުމުރުން 67 އަހަރުގައެވެ. މި ހިތާމައިގައި ބޮލީވުޑްގެ އެތައް ފަންނާނުންނެއްދަނީ ބައިވެރިވަމުންނެވެ.

ބޮލީވުޑްގެތަރި ރިޝީ ކަޕޫރްގެ މަރުގެ ހަބަރު މިއަދު ލިބިފައިވާއިރު އިއްޔެ ވަނީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރެއް ކަމުގައިވާ އިރްފާން ޚާންގެ މަރުގެ ހަބަރުވެސް ލިބިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ