18 އަހަރުގެ އަންހެނަކު މާލޭ މަގުމަތީ ހޭނެތިފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ދަންވަރު 3:30 އެހާއިރު ޗަމްޕާ މަގުގައި އަންހެނަކު ވެއްޓިފައި އޮތްކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެވަގުތު ފުލުހުން އެޝަރަޙައްދަށް ގޮސްފައިވާކަމަށެވެ. އަދި އެވަގުތު އެމްބިއުލާންސް ބިޒީ ވުމުން 4:08 އެހާއިރު ފުލުހުންގެ ވެހިކަލްގައި ފުލުހުން އެ މީހާ އައިޖީއެމްއެޗް އަށް ގެންގޮއްސައި ވާކަމަށެވެ.
ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާގެ އެއްވެސް ހަރަކާތެއް ނެތްކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެންނަމަވެސް 4:18 އެހާއިރު އެ އަންހެން މީހާ ހޭ އަރާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއްވި އެވެ. މި އަންހެން މީހާ އަކީ 18 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިހާދިސާ އާއި ގުޅިގެން ފުލުހުން ބައްލަވަންޖެހޭ ކަންކަން ބައްލަވަމުން ގެންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.



