އިކޮނޮމިކް މިނިސްޓަރ ފައްޔާޒް - ފޮޓޯ: ރައީސް އޮފީސް

މި ދަނޑިވަޅުގައި ބިލް ނުދެއްކުނަސް ހިދުމަތް މެދުކަނޑާނުލުމަށް މިނިސްޓަރު އެދިލައްވައިފި

މިދަނޑިވަޅުގައި ބިލް ނުދެއްކުން ނަމަވެސް ފޯނާއި އިންޓަނެޓުގެ ހިދުމަތް މެދުކަނޑާނުލުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ޓެލެކޮމް ކުންފުނިތަކުގައި އެދިވަޑައިގެންފި އެވެ.
ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދީ އެތައް ހީނަރުކަމެއް އަންނަމުންދާ މިވަގުތު ގިނަ މީހުންނަށް އާމްދަނީ ލިބޭނެ ދޮރުތައް ބަންދުވެ ގޭގައި މަޑުކުރަން ވަނީ މަޖުބޫރުވެފައެވެ. ގިނަ ބައެއްގެ ވަޒީފާތައް ގެއްލި މުސާރަވަނީ ކުޑަކޮށްފައެވެ.

މިކަމުގެ ސަބަބުން ބިލްތައް ދެއްކުމުގައި ރައްޔިތުންނަށް ވަރަށް ދަތިވާނެއެވެ. ނަމަވެސް މިހާލަތުގައި ވެސް ޓެލެކޮމް ކުންފުނިތަކުން ދެމުން އަންނަ ހިދުމަތްތަށް ބިލު ނުދެއްކުމާއި ގުޅިގެން މެދުކަނޑަމުންދިއުމަކީ އެންމެ ރަނގަޅުގޮތްކަމަށް ނުފެންނަ ކަމަށްބުނެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ޓެގްކޮށް މީހަކު ކުރި ޓްވީޓަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެއީ ތެދުވާހަކަތަކެއްކަމަށާއި އެ ކަންބޮޑުވުން ގަބޫލު ކުރައްވާ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ދިރާގު އަދި އުރީދޫއިން ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ނަމަވެސް މިއުނދަގޫ ވަގުތުގައި ބިލު ނުދެއްކޭ މީހުންގެ ހިދުމަތް މެދުކަނޑާލުމުގެ ބަދަލުގައި މިކަމުން އަރައިގަނެވެންދެން މަޑުޖައްސާލުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ