އިޒްމިއާ ޒާހިރު - ފޮޓޯ: މިހާރު

"ވަގުތު" ގެ ހުރިހާ ނޫސްވެރިން އިޒްމިއާގެ އިސްތިއުފާއަށް ގޮވާލައިފި

ރާއްޖޭގެ އެންމެ ގިނަ މީހުން ޒިޔާރަތްކުރާ އޮންލައިން ނޫސް "ވަގުތު" ގެ އެންމެހާ ނޫސްވެރިންގެ ނަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަރުޖަމާނު، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރުގެ އިސްތިއުފާއަށް ގޮވާލައިފިއެވެ.

"ވަގުތު" ގެ ނޫސްވެރިން ޕޮލިސް ތަރުޖަމާނުގެ އިސްތިއުފާއަށް ގޮވާލާފައިވަނީ އެ ނޫހުން ފުލުހުންނަށް ފޮނުވި ސިޓީއެއް ފުލުހުންގެ ވަޓްސްއަޕް މީޑިއާ ގްރޫޕްގައި ޢާއްމުކުރުމާއި ގުޅިގެންނެވެ.

ފުލުހުންގެ ވަޓްސްއަޕް މީޑިއާ ގްރޫޕުން "ވަގުތު" ގެ ނޫސްވެރިން ބޭރުކުރިތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މިރޭ ވަނީ އަލުން ވަގުތުގެ ނޫސްވެރިއަކު އެ ގްރޫޕަށް އެޑްކޮށްފައެވެ. ނަމަވެސް ފުލުހުން އެ ނޫސްވެރިޔާ އެޑްކުރުމުގެ ކުރިން، ފުލުހުންގެ ވަނީ އެ ނޫހުން މަޢާފަށް އެދި ފުލުހުންނަށް މިއަދު ފޮނުވި ސިޓީއެއް ރާއްޖޭގެ ގިނަ ނޫސްތަކެއްގެ ނޫސްވެރިން ތިބި އެ ގްރޫޕްގައި ޢާއްމުކުރައްވާފައެވެ.

"ފުލުހުންގެ ތަރުޖަމާނު އިސްތިއުފާ ދެއްވަން "ވަގުތު" ގެ ހުރިހާ މުވައްޒަފުންގެ ފަރާތުން އަޅުގަނޑު ގޮވާލަން." އެ ނޫހުގެ އެސިސްޓެންޓް އެޑިޓަރ ޒަހީން ޢަބްދުﷲ ފުލުހުންގެ ވަޓްސްއަޕް ގްރޫޕްގައި ލިޔުއްވާފައިވެއެވެ.

މިކަމާ ގުޅިގެން ވަގުތު ނޫޙުގެ އެސިސްޓެންޓް އެޑިޓަރ ޒަހީން ޢަބްދުﷲ ފުލުހުންގެ ވަޓްސްއަޕް ގްރޫޕްގައި ބުނެފައިވަނީ، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އާއިއެކު މިއަދު ބޭއްވި ބައްދަލުވުމެއްގައި، "ވަގުތު" އިން މަޢާފަށް އެދެންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ދަންނަވާފައިވާ ކަމަށެވެ.

"ނަމަވެސް ދެފަރާތް ގުޅިގެން ކުރިއަށް އޮތްތަނުގައި މަސައްކަތްކުރަން ބޭނުންވާތީ "ވަގުތު" އިން ފޮނުވި ސިޓީއަކީ ވަކިގޮތަކަށް އެއްބަސްވެ، ސިޓީ އެއްވެސް ގޮތަކަށް ލީކްނުކުރާނެކަމުގެ 100 ޕަސެންޓް ޔަޤީންކަން މީޓިންއަށްފަހުވެސް ދިނުމުން ފޮނުވި ސިޓީއެއް. "ވަގުތު" އިން މަޢާފަށް އެދެންޖެހޭ ހާލަތެއް ނެތްކަމަށް ޤަބޫލުނުކުރާހާލު، ޤާނޫނު އަސާސީގެ27 ވަނަ މާއްދާއާއި28 ވަނަ މާއްދާއިން ލިބޭ ހައްޤުތައް ހޯދަން އެއްވެސް ބައެއްގެ ފައިބުޑަށް ވެއްޓެންޖެހޭނެކަމަށް "ވަގުތު" އިން ނުދެކޭތީއާއި، އެއްބަސްވި އެއްބަސްވުމަކަށް އިޙްތިރާމް ނުކުރައްވާ ބޭފުޅަކު އިންނެވި ގްރޫޕެއްގައި އިންނަން ބޭނުންނުވާތީވެ އަޅުގަނޑު މިގްރޫޕުން އަމިއްލައަށް ބޭރުވީއެވެ." ޒަހީން ޢަބްދުﷲ ފުލުހުންގެ ވަޓްސްއަޕް ގްރޫޕްގައި ލިޔުއްވާފައިވެއެވެ.

މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު 14:00 ގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއިއެކު ބޭއްވި ސިއްރު ބައްދަލުވުމަކީ ރާއްޖޭގެ 11 މީޑިއާއަކުން ޕޮލިސް ކޮމިޝަރަނަށް ފޮނުއްވި ސިޓީއަކާއި ގުޅިގެން، މަޝްވަރާކުރުމަށް ފުލުހުންގެ އިސްނެގުމަށް ބޭއްވި ބައްދަލުވުމެކެވެ.

"ތަފާތު ފިކުރުތައް ހުންނަ ފަރާތްތަކާއި އަދި ހާއްސަކޮށް އިދިކޮޅު ހިޔާލުތައް ފާޅުކުރާ ފަރާތްތަކާ ދޭތެރޭ ނުރުހުމުގެ ނަޒަރަކުން ދުށުމަކީ އިންސާނީ ތޮބީއަތުގައި ލައްވާފައިވާ ކަމެކެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަސްއޫލިއްޔަތުތަކާ ހަވާލުވެގެން މަސައްކަތް ކުރާ ފަރާތްތަކުން އެކަންކަން ހިންދިރުވާލުމަށް ފަހު، އެންމެންނާ އެކު ކުރިއަށް ދިޔުމަކީ އެންމެ ފުރިހަމަ އަދި އެންމެ ރީތި ގޮތެވެ. އަދި ފުލުހުންގެ ފަރާތުން ނޫސްވެރިކަމުގެ އަސާސުތައް ދަމަހައްޓަން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވުުން މަރުހަބާ އެވެ. ވަގުތު ނޫހުން ބުނާ ގޮތުގައި ފުލުހުން މީޑިއާތަކަށް މައުލޫމާތު ދިނުމަށް ގާއިމުކޮށްފައިވާ ވަޓްސް އެޕް ގްރޫޕުން އެ ނޫހުގެ ނޫސްވެރިން ވަކިކޮށްފައިވާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އަދި ބަޔަކަށް ނުކިއްސަރު ކަމެއް ކުރެވުނަސް އެކަން ކަމަށް މައާފުދީ ގުޅިގެން ކުރިއަށް ދިއުމަކީ ޑިމޮކުރެސީގެ ވެސް ރީތި ސިފަ ނޫންތޯ އެވެ. އަޅުގަނޑުމެން އެދެނީ ފުލުހުން މީޑިއާތަކަށް ދޭ މައުލޫމާތުން ވަގުތު މަރުހޫމުނުކޮށް އެ ފުރުސަތު އަލުން ދިނުމަށެވެ. އަދި އެކަމަށް އިލްތިމާސް ކުރަމެވެ. މިއީ އެކަމަށް އެންމެ މުނާސަބަތު ދުވަހެވެ." ސަން، މިހާރު، ދަޕްރެސް، ދުވަސް، ވަންއޮންލައިން، ސަންގު، ޗެނަލް13، ވީމީޑިއާ އަދި އަވަސް ވެސް ހިމެނޭހެން 11 މީޑިއާއެއްގެ ވެރިން ސޮއިކޮށް ޕޮލިސް ކޮމިޝަނަރަށް ފޮނުއްވި ސިޓީގައި ބުނެފައިވެއެވެ.

"ވަގުތުއާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މަންނާން އާއި ދެކެވުނު ވާހަކަތަކުގައި ކުރިއަށް އޮތްތަނުގައި ދެފެރާތް ގުޅިގެން ކުރިއަށް ދިއުމަށް ކުރެވިދާނެ ކަންކަމާމެދު ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނު. އަދި އެކަމަށް މަގުފަހިކުރުމުގެ ގޮތުން ވަގުތުއިން ނިންމީ ގޯސްކޮށް ކަމެއް ހިނގާފައިވާކަމަށް ތަރުޖަމާނު ޤަބޫލުކުރައްވާނަމަ މާފަށް އެދެން، ނަމަވެސް ޕަބްލިކްކޮށް މައާފަށް ނޭދޭނެކަމާއި، އެކަން ޕަބްލިކް ކޮށްގެން ނުވާނެކަށްވެސް އެއްބަސްވެވުނު. އަދި ތަރުޖަމާނު އެގޮތަށް އެއްވަސްވުމުން މިއަދު ހަވީރުގެ ވަގުތެއްގައި ފުލުހުން އެކަން ވަގުތު އަށް އެންގި. ނަމަވެސް ވަގުތު އިން ފޮނުވި ސިޓީ ލީކް ކޮށްފައިވަނީ ފޮނުވިތާ2 ގަޑިއެއްހާއިރު ތެރޭގައި." ވަގުތުގެ އޮފިޝަލަކު މިނޫހަށް ވިދާޅުވިއެވެ.

""ވަގުތު" ގެ ނޫސްވެރިން ފުލުހުންގެ މީޑިއާ "ވަޓްސްއެޕް" ގްރޫޕުން ބޭރުކޮށްފައިވާތާ ގިނަ ދުވަސްތަކެއް ވެފައި ވުމުން އެކަމުގެ ދަތިތަކާއި މި ނޫހަށް ދަނީ ކުރިމަތިވަމުންނެވެ. މި ގްރޫޕުގެ އެއްވެސް އުސޫލަކާއި މީގެ ކުރިން "ވަގުތު"ގެ އެއްވެސް ނޫސްވެރިޔަކު ޚިލާފުވެފައިވާނަމަ އެކަމަށް މަޢާފަށް އެދެމެވެ. އަދި "ވަގުތު"ގައި ޝާޢިއުކުރެވުނު އެއްވެސް ޚަބަރަކާއި ގުޅިގެން ނުވަތަ ކޮމެންޓަކާއި ގުޅިގެން ނުތަނަވަސްކަމެއް އުފެދިފައިވާނަމަވެސް މަޢާފަށް އެދެމެވެ." ވަގުތުއިން ފުލުހުންގެ ތަރުޖަމާނަށް އެޑްރެސްކޮށް މިރޭ ފޮނުއްވި ސިޓީގައި ލިޔުއްވާފައިވެއެވެ.

ފުލުހުންގެ ތަރުޖަމާނު، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރުގެ އިސްތިއުފާއަށް ގޮވާލާފައިވާއިރު، ފުލުހުން ވަނީ ވަޓްސްއަޕް ގްރޫޕްގައި ފުލުހުން ޢާއްމުކުރި ސިޓީ ޑިލީޓްކޮށްލާފައެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ހޯދާލުމަށް މިނޫހުން ގުޅުމުން ފުލުހުންގެ މީޑިއާގެ ހޮޓްލައިން ނަންބަރުން ފޯނުނުނަންގަވާތީވެ، އެ ސަރވިސްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

މިލިޔުން ކިޔާލުމުން
188171312
ގުޅުންހުރި ލިޔުންތައް

19 Responses

  1. ahmed

    maafah edhen jeheyni public ga, ehen nuni aee maafah edhunu kamakah gabool nukureveyne, police muassasa aki rayyithun
    ge thaneh, veema aammu rayyithunnah engen jeheyne vaa nuvaa.

    12
    3
  2. Vaguthu adhi feshun ves bkock

    Emme gina meehun kiyaa noohey? Hahaha

    8
    3
  3. ހަސަންު

    މިކޮންކުޖެއް

    2
    1
  4. Bohalaaku

    Kihaa thaahiru kameh

  5. adam

    Vaguthu meehunakee fithuna ufadhan ulhey baeh kamudhaa nooheh noon habaru thah verify nukoh liyaa baeh haasakoh social media habaruthah liyaanee

    29
    29
  6. sorry

    ވަގުތު މަރުހޫމުނުކޮށް އެ ފުރުސަތު އަލުން ދިނުމަށެވެ. އަދި އެކަމަށް އިލްތިމާސް ކުރަމެވެ. މިއީ

    18
    13
  7. saabas

    Saabas Jaadi ah. Thigey badhigeyga kakkan ves huree anheneh dho. Ekakamaku eyna kakkaa ehchehi kevey. Thee dhen bodu varu

    2
    13
    • ޖާޑި

      މިގޭ ބަދިގޭގަ ކައްކަން ހުރެފަ ބޭރައްދަނީ އައުރަ ނިވާ ކޮއްގެން އިޒުމިއާ އުޅޭ ފާޑަކަށް ނޫން

      16
      9
  8. ކޮންކޯޱު

    ހަލާަކު…ގޭގަ އޮވެބަލަ،…

    4
    3
  9. Etham

    Corruption is evil

    9
    2
  10. Ali

    Meena mi fuluhunah ves jehifa huri undhaguleh

    16
    9
  11. ފެމުނުމިޔަރު

    ވަރުގަދަ އިޒުމިޔަރެއް ތީ..! ކެތް ކޮށްލާ ކުދިންނޭ. ތިޔަ މިޔަރު ގަނޑުވެސް ބޭނޭނެ އަދި. ދުވަސް ގާތް ވަމުން ދަނީ. އެދުވަހަކުން މޫނަށް ބަޔަކު ކުޅު ނުޖަހައިފިއްޔާ ނަސީބު..!

    22
    14
  12. Ali

    Vaguthakee raajjeyga emme madhu meehun balaa adhi emme gina dhogu habaru fathuraa noos

    26
    17
  13. ޖާޑި

    ތަން ތަނައް އަންހެނުންލީމަ ވާނެ ހައެތި މިވަނީ

    32
    21
    • Anhenney

      Konmekamaka anhenekey kiyaane kameyney.. anhenaku valley vihaafaves thihiry.

  14. ބުރުގާ

    މީނަ ބުރުގާ އަޅުވަބަލަ މުޝަރައްފު ގޮސް

    20
    6
    • މުޝަރައްފް

      ކޮޮންކުލަ އެއްރަނގަޅުވާނީ

      5
      4
  15. އަންމަޑޭ

    ޒަހީން މީ މާރަނގަޅު މީހެއް މީހުންގެ އިސްތިއުފާއަށް ގޮވަން.

    16
    12
  16. m

    ,ވަގުތު މީހުން އެ އުޅެނީ މި ފުރަބަންދާ ގުޅިގެން އެމީހުން އިނދަޖެހެން އުޅޭތީ ވައިވެގެން ވައި ފިލުވާނެ ގޮތެއް ނެތިގެން.

    26
    15
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ