އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް | ފޮޓޯ: ރައީސް އޮފީސް

ރެންޓު މޮރިޓޯރިއަމް އެއް ގެނައުމަށް ސަރުކާރުން ވިސްނަނީ

ރެންޓު މޮރިޓޯރިއަމް އެއް ގެނައުމަށް ސަރުކާރުން ވިސްނަމުން ގެންދާކަމަށް އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ފައްޔާޒު ވިދާޅުވީ މާލޭގެ ވަރަށް ބޮޑު ބަޔަކީ ކުއްޔަށް އުޅޭ ބައެއް ކަމަށެވެ. އަދި ދިރިއުޅޭ ތަނުން ކުލި ނުދައްކައިގެން ނެރެފައިވަނީ ނިސްބަތުން ވަރަށް މަދު ބައެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. މިހާތަނަށް ރިޕޯޓުކޮށްފައިވާ އަދަދުތަކަށް ބަލާއިރު ގެ ކުއްޔަށް ދޫކުރާ ފަރާތްތަކުގެ ތެރެއިން އެވަރެޖުކޮށް ގިނަ ފަރާތްތަކުން އަމަލުކޮށްފައިވަނީ ރަނގަޅަށް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"ރެންޓް ކޮންޓްރޯލް މޮރިޓޯރިއަމް އެއް ގެނައުމުގެ ވިސްނުން އަޅުގަނޑުމެންގެވެސް އެބަހުރި. ހާއްސަކޮށް މިކޮލްޑައުން ހާލަތުގައި މޮރިޓޯރިއަމް އެއް ގެނެވިދާނެތޯ ބެލުމަށް އަޅުގަނޑުމެން މަސްވަރާކުރަމުން މިދަނީ އެޓާނީޖެނަރަލްއާ އެކުވެސް." މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

އުއްމީދު ކުރައްވަނީ މާގިނަ ދުވަސްތަކެއް ނުވެ މިކަމުގައި ގޮތެއް ނިންމައި އެގޮތަށް ކުރިޔަށްދާނެ ކަމަށްވާނަމަ ގޮތެއް ނިންމާނީ މަޖިލިސް މެދުވެރޮކޮށް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ކުލި ކޮންޓްރޯލް ކުރުމަކީ ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި ޕްރޮޕަޓީ ރައިޓްސް އާއި އިންޑިވިޖުއަލް ރައިޓްސްއަށް ބަލާއިރު އެކަން ކުރުން ރަނގަޅު ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މިނިސްޓަރު ފައްޔާޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ކުލި ކޮންޓްރޯލް ކުރުމަށް ގިނަ ބަޔަކު ގެންދަނީ އަޑު އުފުލަމުންނެވެ. އަދި ކުލި ނުދެއްކިގެން ބައެއްފަރާތްތައް ގެއިން ނެރޭކަމުގެ ސަކުވާވެސް ދަނީ ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

2 Responses

  1. dddddd

    hahaha mimeehun buhdhi fasvejje. kaleybey etna salaamaiy kobbala. hahahahaaahaaa

  2. ނުވާނެ

    ތިކަން ވާނެބާ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ