ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ - ފޮޓޯ: މަޖިލިސް

މެންބަރު ނަޝީދު ރައްޔިތުންގެ ކިބައިން މަޢާފަށް އެދިއްޖެ

އިންޑިއާ ސިފައިން ހުޅުމާލެ އަށް ފޭބި ކަމަށްބުނެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ކުރައްވާފައިވާ ޓްވީޓާއި ގުޅިގެން ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގެންފިއެވެ.

އެބޭފުޅާ މިއަދު ވިދާޅުވެފައިވަނީ އެ ޓްވީޓަކީ 07 މެއި 2020 ވަނަ ދުވަހު ފޭސްބުކް އިން އެތައްބަޔަކު އެ ބޭފުޅާއަށް ފޮނުވި ދެ ފޮޓޯ ކަމަށާއި، އަދި މަޖިލިސް މެންބަރަކަށްވެ ހުރެ ރާއްޖޭގައި އިންޑިއާ ސިފައިން އުޅޭ އިރު އެއްޗެއް ނުބުނަނީ ކީއްވެތޯ ފޮޓޯ ފޮނުވުމަށްފަހު އެތައް ބަޔަކު އެބޭފުޅާއާއި ސުވާލު ކުރައްވާފައިވާކަމަށެވެ.

"އެހެން ވީމާ އެވަރަށް ބަލާ ނުލެވި އަޅުގަނޑަށް އެ ޓްވީޓްގައި ބޭނުން ކުރެވުނު ކަމަށްޓަކައި އެންމެހާ ދިވެހި ރައްޔިތުންގެ ކިބައިން މަޢާފަށް އެދެން" މެންބަރު ނަޝީދު ވިދާޅުވެފައިވެއެވެ.

މެންބަރު ނަޝީދު އިއްޔެ ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައިވަނީ އިންޑިޔާ މަނަވަރުގެ މީހުން ދަބަސް ހިފައިގެން ހުޅުމާލޭގެ މަގުމަތީގައި ކަމަށްބުނެ ކީއްކުރާ ލޮކްޑައުނެއްތޯ ސުވާލު ކުރައްވާފައެވެ. އަދި އެ މީހުން އެ އުޅެނީ ކޮންތަނެއް ނުފެނިގެންތޯވެސް، ފޮޓޯތަކާއި އެކު މެންބަރު ކުރައްވާފައިވާ ޓްވީޓްގައި ސުވާލު ކުރައްވާފައިވެއެވެ.

މި ފޮޓޯތަކުގައި ފެންނަނީ ސިފައިންގެ ޔުނީފޯމްގައި ތިބި ބަޔަކު ހުޅުމާލެ މަގުމަތީ ގައި އުޅޭ މަންޒަރެވެ. މި ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާއިރު، އިއްޔެ ވަނީ މާލޭގައި ތިބި އިންޑިއާ މީހުން ބަލައި އެ ޤައުމުގެ މަނަވަރެއް ރާއްޖެ އައިސްފައެވެ.

ނަމަވެސް އެމްއެންޑީއެފް އިން ވިދާޅުވެފައިވަނީ ފޮޓޯގައި އެ ފެންނަނީ އިންޑީއާ ސިފައިންގެ ބައެއް ނޫން ކަމަށާއި، އެއީ ބަންގްލަދޭޝް ގެ ޑޮކްޓަރުން ކަރަންޓީނު ނިންމާފައި ހުޅުމާލެ ގެސްޓް ހައުސްއަށް ދިޔަ މަންޒަރު ކަމަށެވެ.

މިލިޔުން ކިޔާލުމުން
823
ގުޅުންހުރި ލިޔުންތައް

8 Responses

  1. ސަމިއްޔާ

    ކޮންމާފެއް.މީހުންގެ ސަމާލުކަންހޯދަން ބަޔަކު އެއްޗެކޭބުނާއިރަށް ތަންދޮރު ނުބަލާ ވާހަކަ ދައކަންޏާ މިކަހަލަ ކަންތައްވެސް ވާނެ.މީއަބަދުވެސް ގުއި އަނގަތަޅާ މީހެއް.

    3
    2
  2. Anni

    Emme best membar

    1
    5
  3. Easafulhu

    Maafah edhuneema maafu kuranvaane. Maafu koffin. Dhenves jazubaathuga jehigen dhogu hedhun huttaalaa,, Nsheedhuves enmenves maruvaane.

  4. އިބުރާހމް ވިސާނު

    މީނަމިގޮނޑީގަ ބޭނދި ބަޔަކަށްހަމަ ސާބަސް

    2
    2
  5. Foabe

    Maafeh nukuraanan thee hama golaehnoon

    1
    3
  6. ޜެއްކަބޭ

    ތަސަޢްރަފު ނުފުދޭ ކުޑަކުދިން މެންބަރުންނަށް ހޮވީމާ ޥާނެގޮތްމީ.

    6
    4
  7. މަގޮލާ

    މާފުކޮއްފިން ހިތުގެ އެއްމެފުންމިނުން

    10
    7
  8. ދެކެއޮޅު

    މާފެއް ނުކުރާނަން

    6
    14
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ