އެމިރޭޓްސް އިން 9 މަންޒިލަކަށް ދަތުރުތައް ފަށަނީ

އެމިރޭޓްސް އިން 9 މަންޒިލަކަށް ދަތުރުތައް ފެށުމަށް ތައްޔާރު ވެއްޖެ އެވެ.

އެމިރޭޓްސް އިން ވަނީ މިއަންނަ ހަފްތާގައި 8 ގައުމެއްގެ 9 މަންޒިލަކަށް ދަތުރުތައް ފަށާނެކަން އިޢުލާން ކޮށްފައެވެ. އެގޮތުން އެމިރޭޓްސްގެ ދަތުރުތައް ޗިކާގޯ، ލަންޑަން، މެޑްރިޑް، ފްރާންކްފާޓް، މެލްބިން، މިލާން، ޕެރިސް، ސިޑްނީ އަދި ޓްރޮންޓޯ އަށް މެއި 21 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެމިރޭޓްސް އިން ވަނީ ހާމަކޮށްފައެވެ.

އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށުމަށް ގައުމުތަކުގެ އޮތޯރިޓީ ތަކާއިއެކު މަސްވަރާ ކުރައްވަމުން ގެންދަވާކަމަށްވެސް އެމިރޭޓްސް އިން ވަނީ ހާމަކޮށްފައެވެ. އަދި މިހާރު ވެސް ފްލައިޓް ޓިކެޓް ނަންގަވަން ބޭނުންވާ ފަރާތްތަކުން އެމިރޭޓްސް ގެ ވެބްސައިޓުން ފްލައިޓް ޓިކެޓް ނެންގެވޭނެ ކަމަށް އެމިރޭޓްސް އިން ވަނީ ބުނެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ބައެއް ގައުމުތަކަށް އެހެން ބައެއް ގައުމުތަކުގެ މީހުން ދިއުން މަނާކޮށްފައިވާއިރު މި ފްލައިޓް ތަކަށް އެރުވޭނީ ދާން ބޭނުންވާ މަންޒިލަށް ނުވަތަ ގައުމަށް އެގޮތަށް އެރުން މަނާ ކޮށްފައިނުވާ ގައުމުތަކުގެ ފަސިންޖަރުންނަށް ކަމަށް އެމިރޭޓްސް އިން ބުނެއެވެ.

ދަތުރު ކުރުމުގެ ހުއްދަ ލިބޭ އެއާޕޯޓުތަކުގެ ނަންތައް އެމިރޭޓްސްގެ ވެބްސައިޓް އަށް އަޕްޑޭޓް ކުރަމުން ގެންދާނެކަމަށް އެމިރޭޓްސްއިން ވަނީ ބުނެފައެވެ. ދަތުރު ކުރުމުގައި އާންމު ސިއްޙީ ރައްކާތެރިކަން ކަށަވަރު ކުރައްވާނެކަމަށް އެމިރޭޓްސް އިން ބުނެއެވެ. އެގޮތުން ދުބާއީ އެއާޕޯޓުގައި ފަސިންޖަރުންގެ ބޮޑީ ޓެމްޕަރޭޗަރ ޗެކު ކުރާނެއެވެ. މީގެ އިތުރުންވެސް ފަސިންޖަރުން ތިއްބަވަން ޖެހޭނީ އަންގި ލައްވައިގެންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ހުރިހާ އެއާލައިންތަކެއްގެ ފަސިންޖަރ ދަތުރުތައް ވަނީ މެދު ކަނޑާލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ