ވައިޓް އެލާޓް: މެދުރާއްޖެތެރެއާއި ދެކުނަށް 45 މޭލަށް ވައިގަދަވެ ވިއްސާރަކުރާނެ

މެދުރާއްޖެތެރެއާއިދ ދެކުނަށް ވިއްސާރަކުރާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށެވެ.

މިރޭ 07:00 އިން މެންދަމު 01:00 އަށް ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި އެލާޓް އެސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހެ، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރުރުއިރު، މިރޭ21:00 ގެ ނިޔަލަށް ދެކުނުގެ އަތޮޅުތަކަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އައްޑޫ ސިޓީގައި ފެންބޮޑުވެ، ބައެއް ގެތަކަށް މިއަދު ވަނީ ފެންވަދެފައެވެ.

ކުރިޔަށް އޮތް 24 ގަޑިއިރަށް މުޅި ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނެފައިވަނީ ދެކުނުގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއޮ އަދި ބޯކޮށް ވާރޭވެހި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށެވެ. މީގެ އިތުރުން މެދުތެރެއާއި އުތުރުގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށެވެ.

އުތުރުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 7 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ހުޅަނގުދެކުނާއި ހުޅަނގުން މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ