މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަން | ފޯޓޯ: ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ

ސްކިލްސް ޑިވެލޮޕްމަންޓް މާސްޓަރޕްލޭންއެއް ތައްޔާރުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި

ނެޝަނަލް ސްކިލް ޑިވެލޮޕްމަންޓް މާސްޓަރޕްލޭންއެއް ތައްޔާރުކުރުމަށް، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އާއި އިންޑިއާގެ ނެޝަނަލް ސްކިލް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން އާއި އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އިން ވިދާޅުވީ 5 އަހަރުދުވަހަށް ޕްލޭން ކުރެވިގެން ހެދޭ މި މާސްޓަރޕްލޭން، 2020 ވަނަ އަހަރުގެ 3 ވަނަ ކުއާޓަރއަށް ދާއިރު ފުރިހަމަކޮށް ނިންމޭނެކަމަށް ލަފާ ކުރައްވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިސޯދު ހިންގުމުގައި ޒުވާނުންގެ ހަކަތަ އިތުރުކުރެވި ވަޒީފާގެ ބާޒާރުގައާއި ވިޔަފާރި ކޮށްގެން ނަފާ ހޯދުމަށް ދިވެހި ޒުވާނުންނަށް ގިނަގުނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މި ޕްލޭން ތައްޔާރު ކުރެވިގެންދާނީ ދިވެހި ސަރުކާރުގެ ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭންއާއި 2019-2023 ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހާސިލް ކުރުމަށް ކަނޑައެޅިފައިވާ ލަނޑުދަނޑިތަކާއި ޕޮލިސީތަކާއި އެއްގޮތަށް ކަމަށްވެސް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

ހުނަރުވެރި، މަސައްކަތުގެ ތަމްރީނު ލިބިފައިވާ ޒުވާން ޖީލެއް ބިނާ ކުރުމަށް ދިވެހި ސަރުކާރުގެ އިސް ނެންގެވުމާއިއެކު ކުރިޔަށްދާ މި ޕްރޮޖެކްޓަށް ފައިނޭންސް ކުރެވިގެންދަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންއާއި ވަރލްޑް ބޭންކާއިއެކު ހިންގާ މީރީ ޕްރޮޖެކްޓްގެ ތެރެއިން ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.

މި ޕްރޮޖެކްޓް ކުރިއަށްދާނީ ސްޓިއަރިންގް ކޮމިޓީއެއް އެކުލަވާލެވި، މި ކޮމިޓީގެ ލަފައާއި މަޝްވަރާގެ މަތިން ކަމަށާއި ނެޝަނަލް ސްކިލް ޑިވެލޮޕްމަންޓް ކޯރޕަރޭޝަނުން މަސައްކަތް ކުރަމުންދާނީ ދިވެހިރާއްޖޭގެ ޓިވެޓް އޮތޯރިޓީއާއި އެކުގައި ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ކަމާއި ގުޅުންހުރި ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކާއިއެކުގައިވެސް މަޝްވަރާ ކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ހާމަކުރެއްވި އެވެ.

މި ކޮންސަލްޓަންސީ ކުރިއަށްދާނީ 2 ފޭސްއަކަށް ބަހާލެވިގެންނެވެ. ފުރަތަމަ ފޭސްގައި މަސައްކަތްކުރެވޭނީ ސްކިލް ސެކްޓަރތައް އެނަލައިޒްކުރުމަށާއި ރިސާޗް އަށެވެ. އަދި ދެވަނަ ފޭސްގައި މާސްޓަރ ޕްލޭން ތައްޔާރުކުރުމާއި، ސްޓްރެޓެޖީތައް އެކަށައެޅުމުގެ މަސައްކަތްތަށް ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ