ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު | ފޮޓޯ: ވަގުތު

އަނެއްކާވެސް ސުޖާއުގެ ވަރުގަދަ އިންޒާރެއް ހޯމް މިނިސްޓަރ އިމްރާނަށް

ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ސުޖާއު އެނެއްކާވެސް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

ސުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން އޭރު ގެންދެވީ ޢީދު މަޖަލާއި ރަމަޟާން މަހުގެ އަޅުކަން އާއިލާއާއިއެކު ގޭގައި ކުރުމުގެ ފުރުޞަތު ލިބެގެން ކަމަށެވެ.

ސުޖާއު ވިދާޅުވީ މިއަދު ރައީސް ޔާމީން އަށް އަނިޔާވެރިވުމުގައި އެންމެ އިސްކޮށް ހުންނެވީ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ކަމަށެވެ. އެކަން ހަނދާނުގައި ބެހެއްޓެވުމަށް ސުޖާއު ވަނީ އެދިވަޑައިގެން ކަމަށެވެ.

ރައީސް ޔާމިން ފަސް އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންދާއިރު، މި ފަހުން އެމަނިކުފާނު ވަނީ 3 ދުވަސްވަންދެން އައިޖީއެމްއެޗްގައި ޓެސްޓްތަކެއް ހަދާފައެވެ. އަދި ރާއްޖެއިން ބޭރަށް ދިއުމަށް ޑޮކްޓަރުން އެމަނިކުފާނަށް ވަނީ ލަފާދެއްވާފައެވެ.

ނަމަވެސް ޔާމީންވިދާޅުވެފައިވަނީ އެމަނިކުފާނު ފިލާފާނެކަމަށް ރައްޔިތުން ޤަބޫލު ކުރެވިދާނެތީ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިއުމަށް ބޭނުން ނުވާކަމަށެވެ.

މިލިޔުން ކިޔާލުމުން
13111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ