މި ސަރުކާރަކީ އެނބުރޭ ވަހުތާނެއް: މުސްތަފާ

މި ސަރުކާރަކީ އެނބުރޭ ވަހުތާނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ މައްސަލައާއި މަރުގެ މައްސަލަތަކާއި އަދި ރައީސް ނަޝީދުގެ ވެރިކަން ވެއްޓެން ދިމާވި ހާދިސާގެ މައްސަލަތައް މިހާރުގެ ސަރުކާރަށް ބަލަން ނުކެރޭނެކަން ފާހަގަ ކުރައްވަމުން މުސްތަފާ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މި ސަރުކާރަކީ އެނބުރޭ ވަހުތާނެއް ކަމަށާއި ސަރުކާރަށް ހަމައެކަނި ފެއްނަނީ ރައީސް ޔާމިން ކަމަށެވެ.

"މި ސަރުކާރަކީ އެނބުރޭ ވަހުތާނެއް، އެމްއެމްޕީއާރުސީގެ މައްސަލަވެސް ބަލަން ނުކެރިގެން އުޅޭ މައްސަލަ ވަރަށް ސާފުކޮށް އެބަ އިނގޭ، އަދި މަރުގެ މައްސަލަތަކާއި ބާގީން ބަގާވާތްކުރި މައްސަލަވެސް ބަލަން ނުކެރޭނެ، ފެއްނަނީ ރައީސް ޔާމިން އެކަނި، އެހެން އެއްޗެއް ލޮލަކަށް ނުފެނޭ" މުސްތަފާގެ ޓުވީޓުގައި ބުނެފައި ވެއެވެ.

މުސްތަފާ ފާހަގަވެގެންދަނީ މީސްމީޑިއާގެ ވަސީލަތްތަކުގައި ސަރުކާރުގެ އިސްވެރިންނާއި އަދި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ.

މުސްތަފާގެ އިތުރުން އެމްޑީޕީގެ ބަޔެއް އިސްބޭފުޅުންވެސް އަންނަނީ މި ސަރުކާރުން ބަލަން ވައުދުވީ ބަޔެއް މައްސަލަތައް އެންމެ ފުރިހަމަ ގޮތުގައި ބަލަމުން ނުދާކަމަށްބުނެ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.

މިލިޔުން ކިޔާލުމުން
4
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ