ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް "ކަތިލީ" ފެންވެސް ނުދީ ކަމަށް ކުރިގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޝާހީމް މިހެން ވިދާޅުވެފައި މިވަނީ ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ނަންގަވަން ޖެހިވަޑައިގަންނަވާ ޒިންމާ ނުނަންގަވާކަމަށް މަޖިލީހުގެ ޤަވާއިދު ކޮމިޓީން ނިންމާ ތަޅުމަށް ފޮނުވި ރިޕޯޓު އަލުން އަނބުރާ ކޮމިޓީއަށް ފޮނުވާލުމާއި ގުޅިގެންނެވެ. ޤަވާއިދު ކޮމިޓީން މި ގޮތަށް ނިންމާފައި ވަނީ ދިވެހިރާއްޖޭގެ މަސްވެރި ކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދުތައް އެ ޤާނޫނުގެ 86 ވަނަ މާއްދާއާއި އެއްގޮތަށް ހެދިފައިނުވާތީއެވެ.
ކޮމެޓީގެ މި ނިންމުމާއި ގުޅިގެން މިނިސްޓަރ ޒަހާ ވަނީ މަޖިލީހަށް ސިޓީފުޅެއް ފޮނުވާފައެވެ. ޒަހާގެ ސިޓީގައި މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ބައެއް ގަވާއިދުތައް ހެދުމަށް ފަހު، އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަން ވަނީ އަންގާފައެވެ. އެހެން ކަމުން ކޮމިޓީގެ ރިޕޯޓް އިތުރަށް ދިރާސާ ކުރަން އަލުން ކޮމިޓީއަށް ފޮނުވުމަށް މަޖިލީހުގެ ރޭގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.
ޑރ. ޝަހީމް ވިދާޅުވެފައިވަނީ ސަރުކާރު ގެނައުމަށް އެންމެ ބޮޑު މައިދާނީ މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ކަމަށާއި، މަނަވެސް އޭނާ ކަތިލީ ފެންވެސް ނުދީ ކަމަށެވެ.
"ޒަހާ އަށް ވީމަ ވަކި ގޮތެއް، ޝިދާތާ އަށް ވީމަ ވަކި ގޮތެއް" ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.
Zahaa ah veema vaki gotheh!Shidhaathaa ah veema vaki gotheh. Sarukaaru genaumah emme bodu maidhaanee masakkay kurevvi eh beyfulhaki Shidhaatha!! Ekamaku eyna " kathilee" fen ves nudhee! Mi huree mi veringe insaafu hunna varu! Goas vaanee mihen ves bunaa meehaa thoacheh!
— Mohamed Shaheem Ali Saeed (@Mohamedshaheem1) June 1, 2020
ޝިދާތާ ޝަރީފް ޖެންޑަރ މިނިސްޓަރ ކަމުން އިސްތިއުފާ ދެއްވާފައި ވަނީ ކުޑަ ކުދިންނާ ގުޅޭ ގިނަ މައްސަލަތަކުގައި އިހުމާލިވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ޝިދާތާ އިސްތިއުފާ އަށް ގޮވާލައްވާފައިވަނިކޮށެވެ. އަދި ޝިދާތާ މަގާމުގައި ހުންނަވަން ނުފެންނަކަމަށް، މަޖިލީހުގެ ސާފު މެޖޯރިޓީ އޮންނަ، އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.



