ބައިސްކަލްތަކެއް ވަގަށްނެގި މައްސަލައެއްގައި ދެމީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
ފުލުހުން ވިދާޅުވެފައިވަނީ ބައިސްކަލްތައް ވަގަށް ނަގާފައިވަނީ އެކި ދުވަސް މަތިން ކަމަށާއި މި ބައިސްކަލްތައް ވަގަށް ނަގާފައި ވަނީ އައްޑޫ ސިޓީ ގެއަކުން ކަމަށެވެ.
"2020 މެއި 30، 31 އަދި ޖޫން 1 ވަނަ ދުވަހު އައްޑޫސިޓީ ހިތަދޫ ގެޔަކުން ބައިސްކަލް ވަރަށް ނެގި މައްސަލައެއްގައި 49 އަހަރާއި، 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ" ފުލުހުން ވިދާޅުވެފައިވެއެވެ.
ފުލުހުން ވިދާޅުވެފައިވަނީ ވަގަށް ނަގާފައިވާ 3 ބައިސްކަލް ވެސް ފުލުހުން ހޯދާ މިހާރު ވަނީ ވެރިފަރާތާއި ހަވާލުކޮށްފައި ކަމަށެވެ.
2020 May 30, 31 adhi June 1 vana dhuvahu Addu City Hithadhoo geakun bicycle vagah negi massalaigai 49a adhi 39a Dhivehi firihenaku fuluhunge belumuge dhashah genesfaivey.
E'thin bicycle ves fuluhun hoadhai mihaaru vany verifaraathaa havaalukoffai.#HithadhooPolice#VolumeCrimes pic.twitter.com/NTnkWEdbnk— Maldives Police (@PoliceMv) June 2, 2020
ވައްކަމުގެ މައްސަލަތަކަކީ ރާއްޖޭގައި ވަރަށް ގިނައިން ހުށައެޅޭ މައްސަލައެކެވެ.




