ރައްޔިތުން އެމްޑީޕީއަށް ކުރި އިތުބާރުން ލާމަރުކަޒީ ނިޒާމު ސަލާމަތް ކުރެވިއްޖެ - ޔާސިރު

ރައްޔިތުން އެމްޑީޕީއަށް ކުރި އިތުބާރުން ލާމަރުކަޒީ ނިޒާމު ސަލާމަތް ކުރެވިއްޖެ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލް ލަތީފް ވިދާޅުވެއްޖެ އެވެ.

ޔާސިރު ވިދާޅުވީ ދިވެހި ރައްޔިތުން މަޖްލިސް އިންތިޙާބުގައި އެމްޑީޕީއަށް ކުރި އިތުބާރުން އަނެއްކާވެސް ލާމަރުކަޒީ ނިޒާމް ސަލާމަތްކުރެވިއްޖެ ކަމަށެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި ލާމަރުކަޒީ ނިޒާމް ފުނޑުފުނޑު ކޮށްލިފަދައިން މިއަދު އެކަންކުރެވޭނެ ކަމަށް ދެކުމީ ކުންހީއެއް ކަމަށްވެސް ޔާސީރު ވިދާޅުވިއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ލާމަރުކަޒީ ނިޒާމް 5 ފަހަރަށް ބަދަލުކޮށްފައިވާއިރު ކައުންސިލްތަކަށް ލިބިފައިވާ ބާރުތައްވަނީ ބައެއް މިނިސްޓްރީ ތަކަށް ނަގާފައެވެ.

ޔާސިރު އިސާރާތް ކުރައްވަނީ ރޭގައި 74 މެންބަރުންގެ އިއްތިފާގުން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް 5 ވަނަ އިސްލާޙް ގެނައުމުގެ ބިލް ފާސްކުރެއްވި ކުރެއްވުމަށެވެ.

ޤާނޫނު އަސާސީއަށް އިސްލާހް ގެނައުމަށް ރޭ ދަންވަރު 1:30 ގައި ބޭއްވި ޖަލްސާގައި އިދިކޮޅު މެންބަރުން ވަނީ ޤާނޫނު އަސާސީ އިސްލާޙް ކުރައްވަނީ ޤާނޫނު އަސާސީ އާއި ހިލާފަށް ކަމަށް ވިދާޅުވެފައެވެ. އަދި މަޖިލިސް ފެށިތަނުން ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް އަޑު ގަދަ ކުރައްވަން ފެއްޓެވުމުން ރިޔާސަތުން ވަނީ ސިޔާމްގެ ނަން އިއްވައި ބޭރަށް ނިކުންނަށް އަންގާފައެވެ. ނަމަވެސް ސިޔާމްގެ ނަން އިއްވުމާއިއެކު މަޖިލިސް މެންބަރުންގެ މެދުގައި ހަމަނުޖެހުންތަކެއް ވަނީ ހިނގާފައެވެ.

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ