"ބޮޑު ބިޔަ ޕާޓީގެ ޗެއަރޕާސަންކަން ކުރަންވާނީ މިވަރު ދަންނަމީހުން"

ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲ މަޖުލީހުގައި ހިނގައިދިޔަ ކަންކަމުގެ ތެރެއަށް ވައްނަނީ އަދާލަތު ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ނޫންކަމާއި، ދާހިލީ ވަޒީރުގެ ހައިސިއްޔަތުންކަން އެމްޑީޕީގެ ޗެއަރޕާސަނަށް އެނގިވަޑައި ގަންނަވަން ޖެހޭނެ ކަމަށް ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ޝިދާތާ މިހެން ވިދާޅުވެފައިވަނީ، ގާނޫނުއަސާސީ އިސްލާހު ކުރުމަށް ހޯމަ ދުވަހުގެ ދަންވަރު މަޖިލީހުގައި ބޭއްވި ޖަލްސާގައި ހިންގި ހަމަނުޖެހުންތައް ފުލުހުން ތަހުގީގުކޮށް އިންސާފު ހޯއްދަވައިދެއްވާނެ ކަމަށް އިމްރާން ވިދާޅުވި ބަސްފުޅު ކުއްވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވި ބަސްފުޅާއި ގުޅިގެންނެވެ.

ހަސަން ލަތީފުގެ މިބަސްފުޅަށް ރައްދުދެއްވާ ޝިދާތާ ފޭސްބުކުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، "ޝެއިހް އިމްރާން މަޖިލީހުގައި ހިނގައިދިޔަ ކަންކަމުގެ ތެރެޔަށް ވައްނަނީ އަދާލަތު ޕާޓީގެ ރައީސްގެ ހައިސިއްޔަތަކުން ނޫން، ދާހިލީ ވަޒީރުގެ ހައިސިއްޔަތުން، ހަވާލުކުރެވިފައިވާ ގާނޫނީ ޒިންމާ އަދާކުރަން، މަޖިލީހުގެ މެންބަރުކަން ކުރަންވާނީ އަދި ބޮޑު ބިޔަ ޕާޓީގެ ޗެއާޕަރސަންކަން ކުރަންވާނީ މިވަރު ދަންނަ މީހުން" ކަމަށެވެ.

ޝިދާތާގެ އިތުރުން ހަސަން ލަތީފް އިމްރާނާއި ގުޅޭ ގޮތުން ވިދާޅުވި ބަސްފުޅާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ހަސަން ލަތީފަށް ފާޑު ވިދާޅުވަމުންނެވެ. މިގޮތުން މަޖިލީހުގެ ތެރޭގައި ވެސް ޖިނާއީ ކުށެއް ކުރާނަމަ އެކަން ތަހުގީގު ކުރަން ޖެހޭނެ ކަމަށް މިބޭފުޅުން އަންނަނީ ވިދާޅުވަމުންނެވެ.

މިލިޔުން ކިޔާލުމުން
82411
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މަނިކު

    ޖިނާއީބޮޑެތި ކުއްތައް ކުރަމުން ދާއިރު އެފަދަމައްސަލަތައް ނުބެލޭ ކަމައްވައްޏާ މިގައުމުގާ އޮއްްނާނީ ޖަންގަލީގެ ގާނޫނު ކަމީސައްކެއް ނެއްކަމެއް

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ