ސިނަމާލެ ބްރިޖް: ފޮޓޯ- ޕީ.އެސް.އެމް

ސިނަމާލެ ބްރިޖުމަތިން ސައިކަލް ކަހާލައި ޒުވާނަކަށް އަނިޔާ ވެއްޖެ

ސިނަމާލެ ބްރިޖުމަތިން ސައިކަލް ކަހާލައި ޒުވާނަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ސިނަމާލެ ބްރިޖްމަތިން ދުއްވާފައިދިޔަ ސައިކަލެއް ކަހާލައިގެން ހިނގި ހާދިސާއެއްގައި އުމުރުން 24 އަހަރުގެ ދިވެހި ޒުވާނަކަށް އަނިޔާވެފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ، މިހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ ޖޫން 11 ވަނަ ދުވަހުގެ 08:00 ހާއިރުކަމަށެވެ.

އަދި އަނިޔާވި ޒުވާނާއަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް މަޢުލޫމާތު ލިބިފައިވާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

މިހާދިސާގެ އިތުރު މަޢުލޫމާތެއް ފުލުހުން ދީފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ