ފޮޓޯ: ޕީއެސްއެމް

ބޮޑުފިނޮޅުގައި ރަހީންކޮށްފައި ތިބި 12 ދިވެހިން ސަލާމަތް ކޮށްފި

ބ އަތޮޅުގައި ރިސޯޓެއް ހަދަމުންދާ ބޮޑުފިނޮޅުގައި ރަހީނު ކޮއްފައި ތިބި 12 ދިވެހިންް، ފުލުހުން އެރަށަށް އަރައި ސަލާމަަށް ކޮއްފިއެވެ.

ފުލުހުން ވިދާޅުވީ، ބޮޑުފިނޮޅުގައި ހަދަމުންދާ ރިސޯޓެއްގައި ބަންގްލަދޭޝް މުވައްޒަފުންތަކެއް، ހިންގި ހަމަނުޖެހުންކުގައި ރަހީނު ކޮއްފައި ތިބި ދިވެހި މުވައްޒަފުން، ފުލުހުން ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ސަލާމަތްކޮށްފައިވާ ކަމަށެވެ.

ފުލުހުން މިއަދު އެރަށަށް އަރާ ރަހީނުކޮށްފައި ތިބި 12 ދިވެހިން ސަލާމަތްކޮށްފައިވާއިރު، ރޭގެ ވަގުތެއްގައިވެސް ފުލުހުން ވަނީ އެރަށަށް އަރަން މަސައްކަތްކޮށްފައެވެ. ނަމަވެސް، ފުރަތަމަ ތުޅާދޫން ފުރައިގެން އެރަށަށް އަރަން އުޅުނު ފުލުހުންނަށް ރަށުގައި ތިބި ބިދޭސީން ހަމަލާ ދީފައިވާތީވެ، ފުލުހުންނަށް ރޭ އެރަށް އެރޭގޮތް ވަނީ ނުވެފައެވެ. އެގޮތުން ފުލުހުން ދަތުރުކުރި ދޯންޏާއި ދިމާލަށް ބިދޭސީން ވަނީ ގާ އުކާ ހަމަލާދީފައެވެ.

ނަމަވެސް، ރަހީނު ކޮށްފައި ތިބި ދިވެހިން ސަލާމަތް ކުރުމަށް މާލެ އިން ފުލުހުންގެ ޓީމެއް އެ ރަށަށް ރޭ ދަންވަރު އަރާ، މިއަދު އިރުއަރަން ގާތްވެފައިވަނިކޮށް 12 ދިވެހިން ސަލާމަތް ކޮށްފައިވާއިރު، އެއްވެސް ހަމަޖެހުމެއް ހިނގާފައި ނުވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ބިދޭސީން ހަމަނުޖެހުން ހިންގާފައިވަނީ، ހަތަރު މަސް ދުވަހުގެ މުސާރަ ނުލިބޭތީ ކަމަށް ބުނެއެވެ. އެގޮތުން ކޮވިޑް19 އާ ގުޅިގެން މުސާރަ ނުދެވި ވާ ކަމަށް އެތަނުގައި މަސައްކަތް ކުރަމުންދާ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު، މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވަނީ ވިދާޅުވެފަ އެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ