ވެހިރައްޔިތެއްކަން އަންގައިދޭ ކާޑެއް - ފޮޓޯ: ދަ އެޑީޝަން

އައިޑީ ކާޑްގެ ހިދުމަތަށް މިހާރު އޮންލައިންކޮށް އެދެވޭނެ: ޑީއެންއާރ

ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޚިދުމަތަށް އެދިވަޑައިގަންނަވާ ބޭފުޅުންގެ ފަސޭހައާއި ރައްކާތެރިކަމަށްޓަކައި، ކާޑު ހެއްދުވުމަށްޓަކައި އެދިވަޑައިގަތުމަށް އެ ޚިދުމަތް ޑީއެންއާރގެ ވެބްސައިޓުން (www.dnr.gov.mv) މިހާރު ލިބެން ހުންނާނެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އިން ހާމަކޮށްފިއެވެ.

އެގޮތުން އައިޑީ ކާޑަށް އެދިވަޑައިގަންނަވާ ފަރާތްތަކަށް ކާޑު ބައްލަވައިވަޑައިގަތުމަށް އެޕޮއިންޓުމަންޓެއް ހަމަޖައްސައި އެކަމާ ގުޅޭ މަޢުލޫމާތު ޚިދުމަތަށް އެދިވަޑައިގަންނަވާއިރު ހުށަހަޅުއްވައިފައިވާ ފޯނު ނަންބަރަށް ފޮނުވޭނެ ކަމަށްވެސް ޑީއެންއާރ އިން މައުލޫމާތު ދެއެވެ.

އަދި ކާޑު ބައްލަވާ ވަޑައިގަންނަވަންވާނީ ކާޑުގެ ވެރިފަރާތް ކަމަށާއި 18 އަހަރު ނުފުރޭ ކުދިންގެ ކާޑު ޙަވާލުކުރާނީ، އައި.ޑީ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުމުން އެ ކުދީންގެ ބެލެނިވެރީންނަށް ކަމަށްވެސް ޑީއެންއާރ ވިދާޅުވިއެވެ. އަދި ވެރިފަރާތަށް ވަޑައިނުގެންނެވޭނަމަ ފޯމު ހުށަހަޅުއްވާއިރު ކާޑު ޙަވާލުކުރާނެ ފަރާތެއްގެ މަޢުލޫމާތާއި (ފުރިހަމަ ނަން، ދާއިމީ އެޑްރެސް. އައި.ޑީ ނަންބަރު ހިމެނޭގޮތަށް) ސަބަބު ބަޔާން ކުރައްވާ ވެރިފަރާތުގެ ސިޓީއެއް (ސޮޔާއެކު) ހިމަނުއްވަންވާނެ ކަމަށްވެސް ޑީއެންއާރގެ އިއުލާނުގައި ބުނެފައިވެއެވެ.

އަތޮޅުތަކުގެ ރަށްރަށުގައި ޤާއިމު ކޮށްފައިވާ ކަލެކްޓިންގ ސެންޓަރުތަކަށް ހުށަހަޅުއްވާ ކާޑުތައް ލިބިވަޑައިގަންނަވާނީ އެ ސެންޓަރުތަކުން ކަމަށްވެސް ޑީއެންއާރގެ އިއުލާނުގައި ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
72
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ