ޓޫރިޒަމް މިނިސްޓްރީ ހިންގުމަށް ވަގުތީ ގޮތުން އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް އާއި ހަވާލުކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީ ހިންގަން ފައްޔާޒު އާއި ހަވާލު ކޮށްފައިވަނީ އެމަގާމުގައި ހުންނެވި އަލީ ވަހީދު މަޤާމުން ވަކި ކުރެއްވުމަށް ފަހުއެވެ.
މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ ރައީސުލްޖުމްހޫރިއްޔާ އަށާއި ޖެންޑަރ މިނިސްޓްރީ އަށް ހުށަހަޅާފައި ކަމަށާއި މިކަމާ ގުޅިގެން މިނިސްޓަރ ޢަލީ ވަޙީދު މަޤާމުން ޢިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ރޭގެ ވަގުތެއްގައި އަލީ ވަހީދަށް އަންގަވާފަ އެވެ.
ނަމަވެސް މިއަދު މެންދުރާއި ހަމަޔަށްވެސް އަލީ ވަހީދު އިސްތިޢުފާ ދެއްވާފައި ނުވުމުން ރައީސް ވަނީ އަލީ ވަހީދު މަޤާމުން ވަކި ކުރައްވާ ޓޫރިޒަމް މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން އަލީ ވަހީދާއި ހަވާލު ކޮށްފައެވެ.
އަދި، މިނިސްޓްރީ އޮފް ޓޫރިޒަމް ވަގުތީގޮތުން ހިންގެވުން މިއަދުން ފެށިގެން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވައިފި
— Ibrahim Hood (@MvSpokesperson) July 9, 2020
ރައީސް ގެ މި ނިންމެވުމާއިއެކު ސިޔާސީ އެތައް ފަރާތަކުން ގެންދަވަނީ ރައީސްގެ ނިންމެވުމަށް ތަޢުރީފު ކުރައްވަމުންނެވެ. މިހާތަނަށް މި މައްސަލާގައި އަލީ ވަހީދު ވިދާޅުވެފައިވަނީ ތެދުވެރިކަމާއެކު ގައުމަށާއި އަދި ރައްޔިތުންނަށް ހިދުމަތް ކޮށްދެވުނީތީވެ ފަހުރުވެރިވާ ކަމަށެވެ. އަދި ހަގީގަތް ފަހުން ހާމަވާނެ ކަމަށެވެ.




