މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބައެއް ޑިޕާޓްމަންޓްތަކުގެ އިސްމަޤާމުތަކަށް ބަދަލު ގެންނަވައިފިއެވެ.
އެގޮތުން ރިސޯސް މެނޭޖްމަންޓުގެ ހެޑްގެ މަޤާމަަށް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ފައިރޫޝް އައްޔަން ކޮށްފައިވާއިރު ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑުގެ ހެޑްގެ މަޤާމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު އައްޔަންކުރައްވާފައި ވެއެވެ، މީގެ އިތުރުން ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑުގެ ނޮދަރން ޑިވިޜަންގެ ހެޑްގެ މަޤާމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް އަބްދުﷲ ވަނީ އައްޔަން ކުރައްވާފައެވެ.
އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޟް ކުރިން ހުންނެވީ ކޮވިޑް-19 އޮޕަރޭޝަނާ ގުޅިގެން ވަގުތީ ގޮތުން މާލެ ސަރަހައްދު ހިމެނޭ ސެންޓްރަލް ޕޮލިސިންގ ކޮމާންޑުގެ ހެޑްގެ މާގާމުގައެވެ.
އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު ކުރިން ހުންނެވީ ރިސޯސް މެނޭޖްމަންޓްގެ ހެޑް މަގާމުގެ އިތުރުން ކޮވިޑް-19 އާއި ގުޅިގެން ޑިވިޜަނަލް ޕޮލިސް ކޮމާންޑުގެ ހެޑްގެ ގޮތުގައި ހުންނެވި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. ޢަބްދުﷲ ފައިރޫޟް ސެންޓްރަލް ޕޮލިސްންގ ކޮމާންޑާއި ހަވާލުވެލެއްވުމުން، އެކޮމާންޑުގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެއެވެ.
ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް ޢަބްދުﷲ ކުރިން ހުންނެވީ ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑުގެ ދަށުން ހިންގަމުންއައި ޑިވިޜަނަލް އޮޕަރޭޝަން ކޮމާންޑްގެ ސަޕޯރޓް ސާރވިސްގެ ހެޑްގެ މަޤާމުގައެވެ.
ކޮވިޑް 19 އާގުޅިގެން އެންއޯއީސީގައި ފުލުހުން އަދާކުރަމުންދިޔަ ދައުރު ނިމުމާ ގުޅިގެން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ވަނީ ކުރިންވެސް ހުންނެވި ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ ހެޑްގެ މަގާމަށް އައްޔަންކުރައްވާފައެވެ. އަދި ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ ދަށުން ހިންގަމުންދާ މާލޭ ސިޓީ ޕޮލިސްގެ ހެޑްގެ މަގާމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވަނީ އައްޔަން ކުރައްވާފައެވެ. ޢަބްދުﷲ ޝަރީފް ކުރިން ހުންނެވީ ނޮދަރން ޑިވިޜަންސްގެ ހެޑްގެ މަގާމުގައެވެ.
މި ބަދަލުތައް ގެނައީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޓްރެޓިޖިކް ޕްލޭން 2019 އިން 2023 ގެ ދަށުން ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ކަމަށް ފުލުހުންގެ ވަނީ މައުލޫމާތު ދެއްވާފައެވެ.



