ހޮވައިގެން ގެނެސްފައިވާ ފުރޮޅެއްގެ ވެރިފަރާތް ފުލުހުން ހޯދަނީ

ހޮވައިގެން ގެނެސްފައިވާ ފުރޮޅެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ، މި ފުރޮޅަކީ މި ޖުލައި މަހުގެ 08 ވަނަ ދުވަހުގެ ވަގުތެއްގައި މާލެ، ބޮޑުތަކުރުފާނު މަގު އޭޑީކޭ ޖެނެރަލް ސްޓޯރު ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ފުރޮޅެއް ކަމަށެވެ.

ވީމާ މި ފުރޮޅުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު 459876 ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ފުރޮޅާ ހަވާލުވުމަށް ފުލުހުން އެދިފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ