މަގޫދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ފ. މަގޫދޫގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަގޫދޫއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު މަސްތުވާތަކެއްޗާއެކުވަނީ ހައްޔަރުކޮށްފައެވެ.
މި އޮޕަރޭޝަނުް ހިންގައިފައިވަނީ މާލެއިން ފުރައިގެން ފ. އަތޮޅަށް ދަތުރުކުރަމުންދާ ފެރީއަކުން މަގޫދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. މި އޮޕަރޭޝަނުްގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެއްކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި މި އޮޕަރޭޝަން ހިނަގައިފައިވަނީ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. އަދި މަގޫދޫ ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމަށެވެ.
ޖޫން މަހު 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މަގޫދޫއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ވެސް މަސްތުވާތަކެއްޗާއެކުވަނީ ހައްޔަރުކޮށްފައެވެ. އެމީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައިފާސްކުރިއިރު އެމީހާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޕެކެޓެއް ވަނީ ފެނިފައިވެއެވެ.
މި މައްސަލަ މަގޫދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.




ހިޔާލު
Date olhuvaa nulaa june19 ga meehaku hahyareh nukurey