ނިއު ނޯމަލްގައިވެސް ކުށުގެ ރެކޯޑު ސާފު ކުރުމުގެ ޙިދުމަތް އޮންލައިންކޮށް ދޭގޮތަށް ހަމަޖައްސައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އިން ބުނީ ކޮވިޑް 19 އާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައި އޮތުމަށް ފަހު 5 ޖުލައި 2020 ން ފެށިގެން ސަރުކާރުގެ އޮފީސްތައް ހުޅުވާލެވި ސަރުކާރުގެ އިދާރާތަކަށް ހާޞިރުވެގެން ޚިދުމަތް ހޯދޭގޮތައް ހަމަޖެހިފައި ވީނަމަވެސް، އާމުންނާއި މި ޑިޕާޓްމަންޓުގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި އާމުންނަށް ފަސޭހައިން ޚިދުމަތްހޯދޭނެ މަގުފަހިކޮށް ދިނުމުގެ ގޮތުން މިޑިޕާޓްމަންޓުން ދެމުން ގެންދާ ކުށުގެ ރެކޯޑު ސާފުކުރުމުގެ ޚިދުމަތް އޮންލައިންކޮށްވެސް ދެމުން ގެންދާ ގޮތައް ހަމަޖެހިފައި ވާކަމަށެވެ.
މިގޮތުން އޮންލައިންކޮށް ރެކޯޑު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޕީޑީއެފް ކޮޕީ އަކާއި އެކު [email protected] އަށް އީމެއިލް ކުރެއްވުމުން ރެކޯޑު ސާފުކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ވާކަމަށް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ވަނީ ބުނެފައެވެ.
އީމެއިލް މެދުވެރިކޮށް ލިބޭ ފޯމުތަކުގެ ރެކޯޑު ސާފުކުރުމަށްފަހު އީމެއިލް މެދުވެރިކޮށް ޖަވާބު ދިނުމަށް ހަމަޖެހިފައި ވާކަމަށްވެސް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ވަނީ ބުނެފައެވެ.
ކޮވިޑް-19 އާއި ގުޅިގެން އިޢުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ކުށުގެ ރެކޯޑު ސާފުކުރުމުގެ ޙިދުމަތް ދީފައިވަނީ މިގޮތަށެވެ.




