ފޮޓޯ: އެމްޓީސީސީ

ކުޅުދުއްފުށީ ހޮސްޕިޓަލްގެ އާ ވާޑު ޢިމާރާތުގެ ތަނބު ޖެހުމުގެ މަސައްކަތް ފަށައިފި

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ބޮޑުކޮށް، މަރާމާތު ކުރުމުގެ މަޝްރޫޢުގެ ދަށުން ވާޑް އިމާރާތް އެޅުމަށް ބޭނުންވާ ތަނބު ޖެހުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީއިން ވިދާޅުވީ، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ބޮޑުކޮށް، މަރާމާތު ކުރުމުގެ މަޝްރޫޢުގެ ދަށުން ވާޑް އިމާރާތް އެޅުމަށް ބޭނުންވާ ތަނބު ޖެހުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި، މި އިމާރާތުގެ ފުރަތަމް ޝީޓު އެޅުމުގެ މަސައްކަތް އޯގަސްޓް މަހުގެ ފުރަތަމަ ހަފްތާގައި ފެށޭނެކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 30 އެނދުގެ ވާޑް އިމާރާތެއް އެޅުމާއި އޯޕީޑީ ސަރަހައްދު މަރާމާތު ކުރުމާއި، މައި އިމާރާތާއި އޮފީސް އިމާރާތް ވޯކްވޭ އަކުން ގުޅުވާލުމުގެ އިތުރުން ލެބޯޓްރީ މަރާމާތް ކުރުމަށް ކުރަންޖެހޭ މަސައްކަތް ހިމެނެއެވެ.

30.3 މިލިއަން ރުފިޔާގެ އަގުހުރި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 17 މެއި 2020 ގައިއެވެ. އަދި މި މަޝްރޫޢުގެ ދަށުން އިމާރާތްކުރުމުގެ މަސައްކަތް ފަށާފައިވަނީ 1 ޖޫން 2020 ގައިއެވެ.

ފޮޓޯ: އެމްޓީސީސީ

މި މަޝްރޫޢުއާއެކު އެހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެން ދާނެކަމަށް އެމްޓީސީިސީއިން ވިދާޅުވިއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލްއަކީ ރާއްޖޭގެ އުތުރުގެ ބޮޑު އާބާދީއެއް ޚިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލްއަކަށްވާއިރު، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 310 މީހުން ހޮސްޕިޓަލުން ފަރުވާ ހޯދާ ކަމަށްވެއެވެ. އެހެންކަމުން ޖާގައިގެ މައްސަލައަކީ މިހޮސްޕިޓަލަށް ދިމާވެފައިއޮތް ބޮޑު މައްސަލައެކެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްޤީކުރުމަށް 30 މިލިއަން ރުފިޔާގެ މަޝްރޫއުއެއް

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ