ފުލުހުންގެ މައި އިދާރާ - ފެށުން ފޮޓޯ: ޢަލީ ވިސާމް

ޓެބްލެޓަކައި ފޯނެއްގެ ވެރިފަރާތް ހޯދަނީ

ފުލުހުންގެ ބެލުމުގެދަށުގައި އޮތް ޑެލް ބުރޭންޑްގެ ޓެބްލެޓަކާއި ކަޅުކުލައިގެ ނޮކިޔާ ބްރޭންޑްގެ މޮބައިލް ފޯނެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަންފަށައިފިއެވެ.

ފުލުހުން ވިދާޅުވެފައިވަނީ މި ތަކެއްޗަކީ 2020 ޖުލައި 6 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދިވެހި ފިރިހެނެއްގެ އަތުން ފެނިފައިވާ ތަކެތިކަމަށެވެ. އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާލެތެރެ ޕެޓްރޯލްކުރަމުންދިޔަ ފުލުހުންނަށް އެމީހާގެ އަމަލުތައް ހުރި ގޮތުން ތުހުމަތުކުރެވިގެންކަމަށާއި އަދި އެމީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާގެ އަތުން އެތަކެތި ފެނުމުން އެތަކެއްޗާ ގުޅޭގޮތުން ސުވާލުކުރުމުން އެތަކެތީގެ ވެރިފަރާތް ބުނެދެވިފައިނުވާކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވެފައި ވަނީ މިތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުވައި، އިންސިޑެންޓް ނަންބަރު 460489 ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާއި ހަވާލުވުމަށެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.

މީގެ އިތުރުން ފުލުހުން މިއަދު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައިހުރި ނަރު ރޯލުތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތްވެސް ފަށާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ