އިލާ މޯލްޑިވްސް އިން ފުލުހުންނަށް މާސްކާއި އަންގި އަދި ސެނެޓައިޒާ ހަދިޔާކޮށްފި

އިލާ މޯލްޑިވްސް އިން ފުލުހުންނަށް މާސްކާއި އަންގި އަދި ސެނެޓައިޒާ ހަދިޔާކޮށްފި އެވެ.

އިލާ މޯލްޑިވްސް އިން ވަނީ ފުލުހުންނަށް 3000 މާސްކާއި، 3000 އަންގި އާއި އަދި 24 ފުޅި ސެނެޓައިޒާ ހަދިޔާ ކޮށްފައެވެ.

އިލާ މޯލްޑިވްސްއިން މިކަންހާމަކޮށް ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މި ތަކެއްޗަކީ ކޮވިޑް-19ގެ ނުރައްކާ އޮތް ހާލަތުގައި ދިވެހި ފުލުހުން ބޭނުންކުރުމަށް ހަދިޔާކުރި ތަކެތިކަމަށެވެ. އަދި މި ނުރައްކާތެރި ހާލަތުގައިވެސް ފުލުހުން ގައުމަށްޓަކައި ކުރައްވަމުންދާ މަސައްކަތަށް އިލާ މޯލްޑިވްސް އިން ވަނީ ޝުކުރު ދަންނަވާފަ އެވެ.

ރާއްޖޭގައި އިންޖިނިއަރިންގެ ދާއިރާގައި މަސައްކަތްކުރާ އިލާ މޯލްޑިވްސް އަކީ 1991 ވަނަ އަަހަރުން ފެށިގެން ރާއްޖެގައި ހިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ. މި ކުންފުނިން އަންނަނީ ކަނޑާއި އެއްގަމުގެ އުޅަނދުތަކާއި މެޝިނަރީސްތަކަށް ބޭނުންވާ ކޮލިޓީ ބްރޭންޑުތަކުގެ އުފެއްދުންތައް ފޯރުކޮށްދެމުންނެވެ. އިލާ އަކީ ޓޯޓަލް ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ