ފޮޓޯ: އަވަސް

އޮޕަރޭޝަނަށް ޔޫން ފުރައިފި

ހިތުގެ ބައްޔަށް ފަރުވާ ކުރަމުންދާ، ފިލްމީ ތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާގެ ދަރިފުޅު ޔޫން މުހައްމަދު ހިތުގެ އޮޕަރޭޝަން ކުރަން މިއަދު އިންޑިއާއަށް ފުރައިފި އެވެ.

ޔޫންގެ ހިތުގެ އޮޕަރޭޝަން، ކުރަން ބޭނުންވާ މާލީ އެހީ އަމިއްލަ ވިޔަފާރިވެރިޔަކު ދިނުމާއި ގުޅިގެންނާއި، ސަރުކާރުގެ އެންސްޕާގެ އެހީވެސް ލިބުމުން ޔޫން ގޮވައިގެން މިއަދު އޭނާގެ މަންމަ އާއި ބައްޕަ އިންޑިއާއަށް ފުރައިފިކަމަށް އަވަސް ނޫހުން ބުނެފިއެވެ. މި އޮޕަރޭޝަން އަށް ސަރުކާރުގެ އެހިއާއި އަދި އާންމުންގެ ވަރަށް ގިނަ ބަޔަކުވެސް އެކިވަރުގެ އެހީތައް ވެދީފައި ވެއެެވެ.

އެދެމަފިރިން ތުއްތު ދަރިފުޅު ގޮވައިގެން އިންޑިއާއަށް ދިއުމަށް، އާސަންދަ ހަމަޖައްސައި ދީފައިނުވާތީ، އެހީތެރިވުމަށް އެދި އާދޭސް ކުރަން މުލިއާގޭ ކުރިމައްޗަށް ނުކުމެފައި ވެއެވެ. ރާއްޖޭގެ ޒުވާން ވިޔަފާރިވެރިއަކު މިދިއަ ހޮނިހިރު ދުވަހު ވަނީ ޔޫންގެ އޮޕަރޭޝަންއަށް ބޭނުންވާ މާލީ އެހީ ދެއްވާފަ އެވެ.

ތުއްތު ޔޫންގެ ހިތުގެ މައްސަލައެއް ކަން އެ ދަމަފިރިންނަށް އެނގިފައިވަނީ ހަ މަހުގައި ހަދާފައިވާ ސްކޭނަކުންނެވެ.

މިލިޔުން ކިޔާލުމުން
127114
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ޏނނނ

    ފޫރަތަމަ ޕެރަގުރާފުން ޙީވަނީ ކުއްޖާގެ ބައްޕަ ޙެން ޙިތުގެ ބަލި މީހަކީ

    4
    1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ