ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރިޔަސް، ނަޝީދަކަށް ބޮޑުވަޒީރުކަމެއް ނުލިބޭނެކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.
އަލްހާން މިހެން ވިދާޅުވެފައިވަނީ، ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ގައުމެެއްގެ ވެރިކަން ހިންގަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމް ކަމަށް ދެކެވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.
ރައީސް ނަޝިދު ވިދާޅުވެފައިވަނީ އަޅުގަނޑަށް އަކުރު އޮޅުންފިލީއްސުރެ، އަޅުގަނޑުގެ ދެކޭގޮތުގައި ގައުމެއްގެ ވެރިކަން ހިންގަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމުގައެވެ.
އަލްހާން ފަހުމީ ރޭ ކުރެއްވި ޓްވީޓްގައި ބުނެފައިވަނީ މަޖްލިސް މެޖޯރިޓީ ބޭނުންކޮށްގެން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރިޔަސް މުހައްމަދު ނަޝީދު އަކަށް ބޮޑުވަޒީރުކަމެއް ނުލިބޭނެ ކަމަށެވެ. އަދި އެކަމަށް ތާއީދެއް ވެސް ނެތް ކަމަށް ވިދާޅުވިއެވެ.
މަޖްލިސް މެޖޯރިޓީ ބޭނުންކޮށްގެން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރިޔަސް @MohamedNasheed އަކަށް ބޮޑުވަޒީރުކަމެއް ނުލިބޭނެ! ތާއީދެއް ނެތް ! pic.twitter.com/20pjL2P8qw
— Aʟʜᴀɴ Fᴀʜᴍʏ - ?? (@AlhanFahmy) July 29, 2020
ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ރައީސް ނަޝީދު ދަނީ ވަރަށް ބޮޑަށް ސަރުކާރުގައި އެދެމުންނެވެ. ނަމަވެސް ސަރުކާރުން މިކަމަށް ދެކޮޅުހަދާފައި ވެއެވެ.
ޖުލައި މަހުގެ 23 ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ އަޅުގަނޑު ވެރިކަމަށް އައިސް މި ހުރީ އެތައް ވައުދުތަކެއް ވެގެންކަަމަށާއި އަޅުގަނޑު ހުރިހާ ވަގުތެއް ހުސްކުރަން ބޭނުން ވަނީ އެ ވައުދުތައް ފުއްދުމަށް ކަމަށެވެ. އަދި ރާއްޖޭގައި އޮންނާނީ ބަރުލަމާނީ ނުވަތަ ރިޔާސީ ނިޒާމެއްގެ ކަންކަން އޮތީ ކުރިން ނިންމާފައި ކަމަށާއި މިކަން ބަދަލުކުރަން ބޭނުންނަމަ ދެންވެސް ހަމަ ދާންޖެހޭނީ ރައްޔިތުނގެ ކައިރިއަށް ކަމަށް ވިދާޅުވެފައި ވެއެވެ.





2 Responses
ނޫންނޫން ތިހެންނުބުނޭ….! ބަރުލަމާނީ ނިޒާމު ގެންނަން އުޅެނީވެސް ހަމަ ނަޝީދު ވީމާ ބަރުލަމާނީ ނިޒާމު އަތުވެއްޖެނަމަ މަކަރާ ޙީލަތުން ނުވަތަ ގަދަބާރުން ވެސް ނަޝީދު ބޮޑުވަޒީރަކަށް ވާނެ. ވީމާ އެއްމެ ރަގަޅުގޮތަކީ މިހާރު މިއޮތްގޮތަށް ބޭއްވުން.
Alhaanah dho libenee