ތާމޯމީޓަރެއްގެ ވެރިފަރާތް ހޯދަނީ

ފުލުހުންގެ ބެލުމުގެދަށުގައި އޮތް އިންފްރާރެޑް ތާމޯމީޓަރެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މިތަމޯމީޓަރަކީ 2020 ޖުލައި 30 ވަނަ ދުވަހުގެ 10:56 އެހާކަންހާއިރު އޯކިޑްމަގު ސަލްސާ ރޯޔަލް ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެމީހެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތާމޯމީޓަރެއްކަމަށެވެ.

މި އިންފަރާރެޑް ތާމޯމީޓަރުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުވައި، އިންސިޑެންޓް ނަންބަރު 461545 ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތާމޯމީޓަރާ ހަވާލުވެލެއްވުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.

ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރަން އުޅުމުގެ ތެރޭގައި، ޗެކް ކުރާ މީހުންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް އެކިތަކެތި ދަނީ ގެނެވެމުންނެވެ. އަދި މިފަދައިން ގެނެވޭ ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތްތައްވެސް ފުލުހުން ދަނީ ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ