މިހާރު ކުރަމުންދާ ވިއްސާރާގައި ކުރެންދޫގައި ފެންބޮޑުވެ، 20 ގެޔަކަށް ފެން ވަދެއްޖެ އެވެ.
ރޭ ފަތިހުންސުރެ ވެހެމުންދާ ވާރޭގައި ޅ. ކުރެންދޫގެ ބައެއް ސަރަޙައްދު ތަކުގައި ފެންބޮޑުވުމާއި ގުޅިގެން، ފެން ހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް އިން ހަރަކާތްތެރި ވަމުންދާ ކަމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ފަތިހުން ފެށިގެން އެރަށަށް ކުރަމުންދާ ވިއްސާރާގައި 20 ގެޔަކަށްވެސް ފެން ވަދެފައިވާކަމަށެވެ. މިކަމާއި ގުޅޭ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު ހެނދުނު 09:30 ހާއިރު ކަމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފެން ހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނޮދަން އޭރިއާ، ނައިފަރު ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވެ މޫސުން ގޯސް ދުވަސް ވަރެކެވެ. އެގޮތުން އެކ ރަށް ތަކުގައި ދަނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވެ ގެއްލުން ވަމުންނެވެ.