ޓޫރިޒަމް މިނިސްޓްރީން އިން އިންޓަރންޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އިންޓަރންޝިޕްގެ 10 ފުރުސަތު މިނިސްޓްރީގެ ފަރާތުން ހުޅުވާލައިފައިވާ ކަމަށާއި ޝައުޤުވެރިވާ ފަރާތްތަކުން 17 އޮގަސްޓް 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިމިނިސްޓްރީއަށް އިންޓަރންޝިޕަށް އެދޭ ފޯމު އީ-މެއިލް ކުރެއްވުމަށެވެ. އަދި އީ-މެއިލް މިނިސްޓްރީއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ޒިންމާއެއް ކަމަށްވެސް އެމިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.
މި އިންޓަރންޝިޕްގެ މުއްދަތަކީ 6 މަސްދުވަސް ކަމަށާއި، ވަޒީފާ އަދާކުރަންޖެހޭނީ މިނިސްޓްރީ އޮފް ޓޫރިޒަމް، ވެލާނާގެ، 5 ވަނަ ފަންގިފިލާ ގައި ކަމަށްވެސް އެއިއުލާނުގައި ބުނެފައި ވެއެވެ.
އިންޓަރންޝިޕްގެ ޝަރުޠުތައް:
ދަށްވެގެން ސާނަވީ ނުވަތަ އެ އާ އެއް ފެންވަރު އިމްތިހާނެއް ނިންމާ ފާސްވެފައިވާ ފަރާތަކަށްވުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަކޮށްފައިވާ އިންޓަރންޝިޕަށް އެދޭ ފޯމު
- އިންޓަރންޝިޕަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- އިންޓަރންޝިޕަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްގެ ކޮޕީ
- ލިބިފައިވާ ކުރު މުއްދަތު ތަމްރީނުތަކުގެ ކޮޕީ
- ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގެ ކޮޕީ
- މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކުށުގެ ރިކޯޑް ފޯމް (3 މަސް ހަމަނުވާ)
އިތުރު މަޢުލޫމާތު
- އިންޓަރންޝިޕަށް އެދޭ ފޯމު މިމިނިސްޓްރީގެ ވެބްސައިޓް www.tourism.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
- އިންޓަރންޝިޕަށް އެދޭ ފޯމު ބަލައިގަންނާނީ ހަމައެކަނި އީމެއިލް މެދުވެރިކޮށް [email protected] މި އީމެއިލް އިންނެވެ.
- މިއީ އުޖޫރައެއް ކަނޑައެޅިފައިވާ ވަޒީފާއެއް ނޫނެވެ.
- ފޯމުގައިވާ ހުރިހާ ބައިތައް ފުރިހަމަކުރަންވާނެއެވެ. އަދި ފޯމު ފުރާފައި ހުންނަންވާނީ ދިވެހި ބަހުންނެވެ.
- ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތަކާއި މައުލޫމާތާއި ލިޔެކިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލުކުރެވޭނެއެވެ.
- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3022226 ނަންބަރު ފޯނާއެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3322512 އީ-މެއިލް ކުރާނީ [email protected] އަށެވެ.



