ބ. އޭދަފުށީ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން، މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތުގެ 50% ނިމިއްޖެއެވެ.
މި މަޝްރޫޢުގެ ދަށުން، ދުވާރުތަކުގެ ޑިޒައިންތައް ބަލާ ސާވޭ ކޮށް، އަޅާފައިވާ ދުވާރުތަކަށް ބަލާ މަގުތަކުގައި ތާރު އަޅާ، އެ މަގުތައް ޑިޒައިން ކުރުމުގެ މަސައްކަތާއި، ސްޓޯމްވޯޓާ ސްޓޭޝަންތައް ހަރުކުރުމާއި، ގްރެވިޓީ ޕައިޕް ނެޓްވޯކް އެޅުމުގެ މަސައްކަތްވެސް ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 38.3 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 22 އޭޕްރިލް 2019 ގައެވެ.
ޚަބަރާއި ފޮޓޯ: މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)