އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން އދ. މާމިގިލި ޕޮލިސް ސްޓޭޝަން ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާ ގޮތުގެ ޤަވާއިދުގެ ދަށުން މިތަކެތި ނައްތާލާފައިވަނީ މިއަދުގެ ވަގުތެއްގައި ދ. މާމިގިލީގައެވެ.
ނައްތާލި ތަކެތީގެ ތެރޭގައި ބަނގުރަލާއި ބިއަރު ދަޅު ހިމެނޭއިރު މި ތަކެއްޗަކީ 2019 ސެޕްޓެމްބަރު 26 ވަނަ ދުވަހުން ފެށިގެން 2020 މާރިޗު 21 ވަނަ ދުވަހުގެ ނިޔަލަށް ވިލާ އިންޓަނޭޝަނަލް އެއަރޕޯޓަށް ފުރަންދާ ފަތުރުވެރިންގެ އަތުން ހިފަހައްޓާފައިވާ ތަކެއްޗެވެ.
އެގޮތުން ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 198 މައްސަލައެއްގައި ހިމެނޭ އެކި ބްރޭންޑްތަކުގެ 633 ފުޅިބަނގުރަލާއި 187 ދަޅު ބިޔަރެވެ.




