ކޭޝްކާޑެއް ބޭނުން ކޮށްގެން މީހެއްގެ އެކައުންޓުން ގިން އަދަދެެއްގެ ފައިސާތަކެއް ވަގަށް ނަގައިފިއެވެ.
ފުލުހުން ވިދާޅުވެފައި ވަނީ ދަރަވަންދޫ މީހެއްގެ ކޭޝްކާޑު ބޭނުން ކޮށްގެން ވެރިފަރާތުގެ ހުއްދަ ނުހޯދައި އޭޓީއެމަކުން ގިނަ އަދަދެއްގެ ދިވެހި ރުފިޔާ ނަގާފައިވާ ކަމަށް ބުނެ މި އޮގަސްޓް މަހުގެ 14 ވަނަ ދުވަހުގެ 13:07 ހާއިރު ދަރަވަންދޫ ޕޮލިސް ޑެސްކަށް މައްސަލަ ހުށައެޅިފައިވާކަމަށެވެ. އެގޮތުން ކޭޝްކާޑު ބޭނުންކޮށްގެން އެމީހާގެ އެކައުންޓުން 13500 ދިވެހި ރުފިޔާ ނަގާފައިވާ ކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ވިދާޅުވެފައި ވަނީ އެ މައްސަލައާ ގުޅިގެން ދަރަވަންދޫގައި މަސައްކަތްކުރާ ފުލުހުން ކުރި މަސައްކަތުން އެދުވަހުގެ ހަތަރު ގަޑިއެއްހާއިރު ތެރޭގައި އެ ފައިސާތައް ހޯދައި ފައިސާތަކުގެ ވެރިފަރާތާ ހަވާލުކޮށްފައިވާކަމަށެވެ.
މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ. މި މައްސަލަ އޭދަފުށި ޕޮލިސް ސްޓޭޝަނުންދަނީ ތަހުގީގު ކުރަމުންނެވެ





ހިޔާލު
ވައްކަން ކުރި މީހުން ޙައްޔަރު ނުކޮށް ގޭގަ. ޢެކަމަކު ގައުމަށް ކުރިއެރުން ގެނެސްދިން ތަރައްގީގެ ބާނީ ވައްކަންކުރިކަމަށްބުނެ ގޮޅީގަ .