ކޮވިޑް-19 ގެ ސަބަބުން ވާނެ ގޮތެއް ވާން ދޫކޮށް ނުލާ: ޣައްސާން

ކޮވިޑް-19 ގެ ސަބަބުން ވަނެ ގޮތެއް ވާން ދޫކޮށް ނުލެއްވުމަށް ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މަޢުމޫން ގޮވާލައްވައިފިއެވެ.

ޣައްސާން މަޢުމޫން މިއަދފު ކުރެއްވި ޓްވީތެއްގައި ވިދާޅުވެފައިވަނީ ސިއްހީ މާހިރުންގެ ލަފާ ގަބޫލު ކުރައްވާނެ ކަމަށް ރައީސް ސާލިހު ވިދާޅުވި ކަމަށާއި ނަމަވެސް ދުވަހެއް ދުވަހަަކަށް ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު މިހާ މަތިއިރު، މިވަގުތު އަޅުއްވަފައިވާ ފިޔަވަޅުތަކަކީ ސިއްހީ މާހިރުންގެ ލަފާފުޅުތޯ ރައްޔިތުން އެބަ އައްސަވާ ކަމަށެވެ. އަދި ވާނެ ގޮތެއް ވާން ދޫކޮށް ނުލެއްވުމަށް އެދިވަޑައިގަތެވެ.

ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވޭތުވެދިޔަ ދެ ހަފްތާގައި ގިނަވަމުންދާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނެޝަނަލް ޓާސްކް ފޯހާ އެކު ބޭއްވި ބައްދަލުވުމެއްގައިވަނީ އާންމު ތަންތަނުގައި އުޅޭ އިރު، މާސްކް އެޅުން މަޖުބޫރު ކަމެއްގެ ގޮތުގައި ނިންމައިފިއެވެ.

ކޮވިޑް-19 ގައި ރާއްޖެއިން އިއްޔެ ވަނީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވް ވެފައެވެ. އެގޮތުން އިއްޔެ 194 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާއިރު ކޮވިޑް-19 އިން އިއްޔެ ރަނގަޅުވެފައިވަނީ 97 މީހުންނެވެ.

މިހާތަނަށް 100،000 ވުރެ ގިނަ ސާމްޕަލް ނަގައި ކޮވިޑް-19 އަޑް ޓެސްޓްކޮށްފައިވާއިރު މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 6،546 އެވެ. މީގެ ތެރެއިން މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ 2،527 އެވެ. ކޮވިޑް-19 ޖެހިގެން މީހަކު ނިޔާވެފައިވާއިރު މިހާތަނަށް ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 20 ދިވެހިންނާއި ހަ ބިދޭސީންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ