ނިއު ޔޯކް އަޑިއަށް ދާއިރުވެސް ރާއްޖެ އަޑިއަށް ނުދާނެ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ އެމެރިކާ، ނިއު ޔޯކް އަޑިއަށް ދާއިރުވެސް މިގައުމު އޮންނާނެ ކަމުގެ ގެރެންޓީ އަޅުގަނޑަށް އެބައޮތް ކަމަށާއި ސީދާ މި ގައުމެއް އަޑިއަކަށް ނުދާނެ ކަމަށެވެ.
މިގައުމު އަޑިއަށް ނުގޮސް އޮންނާނެ ކަމަށާއި މިއީ ވޯލްކެނިކް ބޮޑު ސިންގާ ފަރުބަދައެއްގެ މަތީގައި އޮންނަ ގައުމެއް ކަމަށް ޖާބިރު ވިދާޅުވިއެވެ.
މައުމޫން މިގައުމު އަޑިއަށް ދާނޭ ބުނީމަ ދެން އައި ރައީސް ވެސް އަޑިއަށް ދާނޭ ބުނީމަ ދެން އެންމެން ޑައިވިނަށް ގޮސް ސަކަރާތް ޖަހާކަށް ނުޖެހޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު އިތުރަށް ވާހަކަ ދައްކަވަމުން ވިދާޅުވީ ތިމާވެއްޓަކީ ކުނި ނައްތާލުމަށް ވަރަށް މުހިންމު ދަުރެއް އަދާކުރާ އެއްޗެއް ކަމަށާއި އަޅުގަނޑުމެން ގައުމަށް ކުރަންވީ އެންމެ ހެޔޮކަމެއް ކަމަށާއި އެ ކަމަކީ މި ގައުމު ސަރާމަތާއި ރައްކާތެރި ކުރުން ކަމަށެވެ.



