ޖަޕާންގެ ބޮޑު ވަޒީރު ޝިންހޯ އަބޭ އިސްތިޢުފާ ދީފިއެވެ.
ޝިންހޯ ބޮޑުވަޒީރުކަމުން އިސްތިޢުފާ ދީފައިވަނީ ޞިއްޙީ ޙާލަތާ ގުޅިގެންނެވެ. ބޭރުގެ ޚަބަރު ބުނާ ގޮތުން ޝިންހޯ އިސްތިއުފާ ދިނުމުން އެޤައުމުގެ ބޮޑުވަޒީރުކަމާއި ވަގުތީ ގޮތުން ހަވާލުވެ ވަޑައިގަންނަވާނީ އޭނާގެ ނައިބު އަދި ފިނޭންސް މިނިސްޓަރ ޓަރޯ ކަމަށް ބެލެވެއެވެ.
އުމުރުފުޅުން 65 އަހަރު ވެފައިވާ ޝިންހޯ އަބޭ ވަނީ ފާއިތުވި ހަފްތާގައިވެސް ދެފަހަރެއްގެ މަތިން ޞިއްޙީ ފަރުވާ ހޯއްދަވާފައެވެ. އޭނާ ވަނީ މީގެ ކުރިންވެސް ޖަޕާންގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. އެއީ 2006 ވަނަ އަހަރު އެވެ. އެފަހަރުވެސް އޭނާ ވަނީ ޞިއްޙީ ހާލަތު ތަންނުދޭކަމަށް ވިދާޅުވެ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ.
ނަމަވެސް އޭގެ ފަހުން ޖަޕާންގެ ބޮޑު ވަޒީރުކަމަށް ވަޑައިގެން އެ ދަޢުރު އޭނާ ވަނީ ފުރިހަމަ ކުރައްވާފައެވެ. އަދި 2017 ވަނަ އަހަރު ބޭއްވި އިންތިޚާބު ކާމިޔާބުކޮށް އޭނާ ވަނީ އިތުރު ދަޢުރަކަށް ޖަޕާންގެ ބޮޑު ވަޒީރުކަމަށް ވަޑައިގެންފައެވެ.



