ފުލުހުންގެ މައި އިދާރާ - ފޮޓޯ: ފެށުން

ސައިކަލެއް ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެ

ސައިކަލެއް ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުން ހޯދަމުންދަނީ ވޭވް 125 އެސް ގެ ސައިކަލެކެވެ. ރެޖިސްޓްރީ ނަންބަރަކީ AA0E / P1694 އެވެ.

އަދި ކަޅު ކުލުގައި މިސައިކަލް ގެއްލިފައިވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ދަތުރުވެރިންގެ މާރކެޓް ކައިރިންކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ، މިސައިކަލު ގެއްލުނުކަމުގެ ރިޕޯރޓް ފުލުހުންނަށް ކޮށްފައިވަނީ މިއަދު 19:17 ހާއިރުކަމަށެވެ.

އަދި މިސައިކަލު ފެނިއްޖެނަމަ ފުލުހުންގެ ނަންބަރު 3322111، 3322112 އަށް ގުޅާ އެންގުމަށްވެސް ފުލުހުން އެދިފައިވެއެވެ.

މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން އަބަދުވެސް ޝުކުރު އަދާކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ