އިންޑިއާއިން އެހީތެރިވެދޭތީ އެކަމަށް ހުރަސް އެޅުމީ ދިވެހިރައްޔިތުންނަށް ޤައްދާރުވުން ކަމުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލް ލަތީފް ވިދާޅުވެއްޖެ އެވެ.
ޔާސިރު އަބްދުލް ލަތީފް މިހެން ވިދާޅުވެފައި މިވަނީ، ޕީއެންސީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.
އަދުރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ރާއްޖެ-އިންޑިއާ ކާގޯ ފެރީގެ ބޭނުމަކީ ދިވެހި އިގްތިޞާދުގެ މައްޗަށް އިންޑިއާ އިން އަތްގަދަ ކުރުން ކަމަށާއި ދިވެހި ވިޔަފާރި ވެރިން ފުނޑާލުމާއި، ވޯރާ ވިޔަފާރި ވެރިންގެ ޒަމާން އަލުން އިޢާދަ ކުރުމާއި އަދި ގައުމު އަޅުވެތި ކުރުން ކަމަށެވެ.
މިކަމަށް ރައްދު ދެއްވައި ޔާސިރު ވިދާޅުވީ ވެރިކަމުގެ ދައުރެއް ނިމިދިޔައިރު އެއްވެސް ޤައުމެއްގެ އެހީއާއި އެކު ނަމަވެސް އުތުރުރަށް ކޮށްދެވުނީ ކޮންކަމެއްތޯއެވެ. އަދި މިދަތި ވަގުތުގައިވެސް އަވަށްޓެރި އިންޑިޔާއާއިން ބިލިއަން ޑޮލަރުގެ މަސްރޫޢު ހިންގުމަށް އެހީތެރިވެދޭތީ އެކަމަށް ހުރަސް އެޅުމީ ދިވެހިރައްޔިތުންނަށް ޤައްދާރުވުން ކަމަށެވެ.
ވެރިކަމުގެ ދައުރެއް ނިމިދިޔައިރު އެއްވެސް ޤައުމެއްގެ އެހީއާއި އެކު ނަމަވެސް އުތުރުރަށް ކޮށްދެވުނީ ކޮންކަމެއްތޯ. މިދަތި ވަގުތުގައިވެސް އަވަށްޓެރި އިންޑިޔާއާއިން ބ$ގެ މަސްރޫޢު ހިންގުމަށް އެހީތެރިވެދޭތީ އެކަމަށް ހުރަސް އެޅުމީ ދިވެހިރައްޔިތުންނަށް ޤައްދާރުވުން https://t.co/FSxLHNYNt0
— Yasir Abdul Latheef (@YasirLathyf) August 31, 2020



