މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިނގި ހާއްސަ އޮޕަރޭޝަންގެ ތެރެއިން | ފޮޓޯ: އަވަސް

12 ފުޅި ބަނގުރަލާއި 96 ބިޔަރު ދަޅާއެކު މާލެއިން ދެމީހަކު ހައްޔަރުކޮށްފި

ބަނގުރާ ފުޅިތަކަކާއި ބިޔަރު ދަޅުތަކަކާއެކު މާލެއިން ދެމީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި، ޑްރަގް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މާލޭ މަގުމަތިން ކާރެއް ހުއްޓުވައި ބަލައި ފާސްކުރިއިރު، 96 ބިޔަރު ދަޅާއި، 12 ފުޅި ބަނގުރާ ފެނިފައިވާކަމަށެވެ.

ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ އޮގަަސްޓް މަހުގެ 30 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ދެ ފިރިހެނުންނެވެ. އެއީ27 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން، 28 އަހަރުގެ މީހާ ދޫކޮށްލާފައިވާއިރު، 27 އަހަރުގެ މީހާ ދޫކޮށްލާފައިވަނީ ކަފާލާތުގެ ދަށުންކަމަށެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ