ގަވާއިދާ ހިލާފަށް ޕާކް ކޮށްފައިވާ 6 އުޅަނދެއް ޓޯ ކޮށްފި

މާލޭގައި ގަވާއިދާ ހިލާފަށް ޕާކް ކޮށްފައިވާ 6 އުޅަނދެއް ޓޯ ކޮށްފައިވާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ބުނެފިއެވެ.

ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ޤަވާއިދާއި ހިލާފަށް މަގުމަތީގައި ޕާކް ކޮށްފައިވުމާއި ގުޅިގެން އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް ޕޮލިސް ސާރވިސްގެ ބެލުމުގެދަށަށް 6 އުޅަނދެއް ގެނެވިފައިވާ ކަމަށެވެ.

ފުލުހުންގެ ބެލުމުގެދަށަށް ގެނެވުނު އުޅަނދުތަކުގެ ތަފްސީލް:

ވީމާ، މިއުޅަނދުތައް ވެރިފަރާތްތަކުން ނުގެންގޮސްފިނަމަ ޤާނޫނު ނަންބަރު 22/2015 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) 2 ވަނަ
އިޞްލާޙްގެ 8 ވަނަ މާއްދާގެ (ނ) ގެ ދަށުން މި އުޅަނދުތައް 60 ދުވަހުގެތެރޭގައި ވެރިފަރާތްތަކުން މިއުޅަނދުތަކާއި ހަވާލުނުވެއްޖެނަމަ ހަމަޖެހިފައިވާ އުސޫލުގެމަތިން މިއުޅަނދުތައް ނައްތާލުމުގެ މަސައްކަތް ފުލުހުންގެ ފަރާތުން ކުރަމުންގެންދާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޕާކިން ޒޯންތަކަށް ވުރެ ވެހިކަލްތައް ގިނަ ވުމެވެ. ސަރުކާރުން ވަނީ ޕާކިންގެ މައްސަލަ ހައްލު ކުރާނެ ކަމަށް ވައުދުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ