ބަތަލާ ފާތިމަތު އާޒިފާ (އަޒޫ) އާއި ފިލްމީ ދާއިރާގެ ތަޖުރިބާކާރު އެކްޓަރު އަހުމަދު ސައީދު ކައިވެނީގެ ގޮށްޖަހައި ބާރުކޮށްލީ މީގެ ހަތަރު އަހަރުކުރިންނެވެ. މި ދެ ތަރިން ކައިވެނި ކުރި ޙަބަރު ވެގެންދިޔައީވެސް ގިނަ ބަޔަކު ހައިރާންކޮށްލި ހަބަރަކަށެވެ. ނަމަވެސް ވަރަށް ލޯބިން އުޅޭ މި ދެމަފިރިންގެ ކައިވެންނަށް އަންހެން ކުއްޖަކުވެސް ލިބިފައިވާއިރު، މިއަދު މި ދެމަފިރިން ފާހަގަކުރަމުން އަންނަނީ އެމީހުންގެ 4 ވަނަ ވެޑިން އެނިވާސަރީއެވެ.
މި ދެމަފިރިންގެ ކައިވެންޏަށް 4 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކޮށްފައިވާއިރު، މި ދެމީހުން މިކަން މި ވަނީ މީސް މީޑިއާގައި ހިއްސާކޮށްފައެވެ. ކައިވެންޏަށް 4 އަހަރުފުރުން ކުލަގަދަގޮތަކަށް ގޭގައި ފާހަގަކޮށް، މި މަންޒަރުތަކުގެ ފޮޓޯއާއި ވީޑިއޯ ވަނީ މި ދެމީހުންގެ މީސްމީޑިއާ އެކައުންޓްތަކުގައި ހިއްސާކޮށްފައެވެ.

ފިލްމީ ދާއިރާގައި އެތަކެއް ކާމިޔާބު ފިލްމްތަކެއް ކުޅެފައިވާ މި ދެތަރިން އެތަކެއް އަހަރުތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ކައިވެނި ކޮށްފައިވަނީ، 2016 ވަނަ އަހަރުއެވެ. އަދި މި ކައިވެންޏަށް އަންހެންކުއްޖަކު ލިބިފައިވަނީ، މިދިޔަ އަހަރުއެވެ. ނަމަވެސް މީގެ ކުރިން ސައީދު ކައިވެންޏެއް ކޮށްފައިވާއިރު، އެކައިންވެންޏަށް ދެ ދަރިން ލިބިފައިވެއެވެ.
View this post on InstagramA post shared by Ahmed Saeid (official) (@actor_ahmed_saeid) on
ސައީދު އާއި އަޒޫގެ ކައިވެންޏަށް 4 އަހަރު ވެފައިވާއިރު، މި ދެމަފިރިން ކައިވެނި ކުރި ޙަބަރު ވެގެންދިޔައީ ގިނަބަޔަކަށް ޤަބޫލުކުރަން ދަތިކަމަކަށެވެ. އެގޮތުން މި ދެމީހުންގެ ދެމެދުގައިވާ އުމުރުގެ ތަފާތުގެ ސަބަބުން ގިނަ ބަޔަކު އެވާހަކަ ދައްކާފައިވެއެވެ.
ނަމަވެސް މި ދެމަފިރިންގެ ލޯބީގެ އުފާވެރި ދިރިއުޅުމުން އެންމެނަށް ސާބިތުކޮށްދިނީ އުމުރުގެ ފަރަޤެއް ހުރުމަކީ އެއްވެސް މައްސަލައެއް ނޫންކަމެވެ.





7 Responses
Hihgaimu
Kadhuru joosfulhiyeh neygunas kankamaa beheythi .
ރަސީދު ތިއުޅެނީ މޮޔަވެގެންތަ
ސީ ހާދަމޮޅޭ ބަރާބަރު މީހެއް
varah ladhu huthuru kameh kohfa thihiree islaamunnah huhdhakamehnun raa buimakee raafulhieh mezymathee bahahtaafa photo nagaafa dhivehing dhuvahakuves kohfa oykameh nun raanunas edhahkaafa eheree faranjinge emme furihama goy reehcheh noon rangalhehves noon kamakuves nudhey
އެއީ ރަލެއް ނޫން. ތަނެެއް ދޮރެއް ނޭނގުނަސް ކޮމެންޓް ކުރެވޭތޯ ބަލާތި.
Raa fenunyma ingeynetha