ސުލްހައަށް މަސަައްކަތްކުރާ ފަރާތްތަކަށް ދޭ ދުނިޔޭގެ ޝަރަފުވެރި އެވޯޑު، ނޯބަލް ޕީސް ޕްރައިޒް ނުވަތަ ނޯބަލް ސުލްހައިގެ އެވޯޑަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޮމިނޭޓްވެއްޖެއެވެ.
ޑޮނަލް ޓްރަމްޕް މި އެވޯޑަށް ނޮމިނޭޓެވެފައި މިވަނީ، ޔުނައިޓެޑް އަރަބި އެމިރޭޓްސް(ޔޫއޭއީ) އާއި އިޒްރާއިލްއާއި ދެމެދު ސުލްހަ މަސަލަސްކަން ބާއްވާ ފުރިހަމައަށް ގުޅުން ޤާއިމްކުރުމަށް ނިއްމިނިމުމުގައި، ޑޮނަލް ޓްރަމްޕްގެ އެހީވުމާއި ގުޅިގެންނެވެ.
އިޒްރާއިލްއާއި ޔޫއޭއީ އާއި ދެމެދު ސުލްހަ މަސަލަސްކަން ބޭއްވުމަށް އެއްބަސްވެފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 13 ގައެވެ. އަދި މި ދެ ގައުމުގެ ފަރާތުން ސޮއި ކުރުމަށް ޓްރަމްޕް އިސްނަގައިގެން އެމެރިކާގެ ވައިޓް ހައުސްގައި ބާއްވާ ރަސްމިއްޔާތު އޮންނާނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.
ޔޫއޭއީއިން އިޒްރާއިލާއެކު ގުޅުން ގާއިމްކުރުމަށް ނިއްމިނިއްމުގައި، ޓްރަމްޕް ހުށައަޅާފައިވާ ސުލްހައިގެ ޕްލޭންއަކީ، އިޒްރާއިލަށް ބޮޑަށް ފައިދާ ވާގޮތަށް ހުށައަޅާފައިވާ ޕްލޭންއެއްކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ..
ޑޮނަލް ޓްރަމްޕް ނޯބަލް ޕީސް ޕްރައިޒަށް ނޮމިނޭޓްވުމާއި ގުޅިގެން އާއްމު ފަރާތްތަކުން އަންނަނީ އެކަމަށް ޖޯކު ޖަހާ ފާޑު ކިޔަމުންނެވެ.




