ހދ. ކުޅުދުއްފުށި އަދި ގދ. ތިނަދޫގައި ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ޓާޝިއަރީ ހޮސްޕިޓަލެއް ޢިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އިން އިއްޔެ ކޮސްފައިވާ އިއުލާނުގައި ބުނެފައިވަނީ މިނިސްޓރީ އޮފް ހެލްތްގެ އެދިވަޑައިގަތުމުގެ ދަށުން ކުޅުދުއްފުށި އަދި ތިނަދޫގައި ޓާޝިއަރީ ހޮސްޕިޓަލެއް ޢިމާރާތް ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.
ކުޅުދުއްފުށި އަދި ތިނަދޫގައި ޓާޝިއަރީ ހޮސްޕިޓަލެއް އިމާރާތް ކުރުމަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިންނެވެ. އަދި މިކަމަށް ހުށައަޅާ ފަރާތްތަކުގެ ޝަރުތުތައް ބީލަން ފޮތުގައި ބޔާންކޮށްފައި ވެއެވެ
ބީލަމުގައި ބައިވެރިވުމަށް 1,500 ރުފިޔާ ނުވަތަ 100 ޑޮލަރު ދައްކަން ޖެހޭއިރު ފައިސާ ބަލައިގަންނާނީ 13 ސެޕްޓެންބަރު 2020 އިން 21 އޮކްޓޫބަރު 2020 އަށެވެ. އަދި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީ ގޮތުގައި 2,300,000.00 ދިވެހި ރުފިޔާ ނުވަތަ އެއާ އެއްވަރުގެ އަދަދެއްގެ ޑޮލަރު ބަހައްޓަން ޖެހެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.
ކުޅުދުއްފުށި އަދި ތިނަދޫގައި ޓާޝިއަރީ ހޮސްޕިޓަލެއް ޢިމާރާތް ކުރުމުގެ ބީލަން ހުޅުވުން އޮންނާނީ 22 އޮކްޓޫބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.